Saturday, October 31
ކޯޕާ ޑެލްރޭގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި ރެއަލް މެޑްރިޑް މޮޅުވެއްޖެ

ކޯޕާ ޑެލްރޭގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި ރިއަލް މެޑްރިޑް ރިއަލް ސޮސައިޑެޑް އާ ދެކޮޅަށް ކުޅެ 1-0 އިން މޮޅުވެއްޖެއެވެ.

ރޭ ކުޅުނު މި މެޗުގައި މެޑްރިޑްގެ ހަމައެކަނި ލަނޑު ޖެހީ ކައިލިއަން އެމްބާޕޭގެ ބަދަލުގައި ކުޅުނު 18 އަހަރުގެ ބްރެޒިލް ފޯވާޑް އެންޑްރިކެވެ.

އެމްބާޕޭ މި މެޗުގައި ނުކުޅުނީ އަންގާރަ ދުވަހު ދަތެއް އުފުރާލުމާ ގުޅިގެން އެދުވަހުގެ ޓްރެއިނިންގައި ބައިވެރިނުވެވުމުގެ ސަބަބުންނެވެ. ފްރާންސްގެ މި ތަރި ވަނީ ފާއިތުވި ފަސް މެޗުގައި ހަ ލަނޑު ޖަހާފައެވެ.

މެޑްރިޑްގެ ކޯޗް ކާލޯ އެންސެލޮޓީ ވަނީ މި މެޗުގައި ޓިބޯ ކޯޓުއާ އަދި ފެޑެރިކޯ ވަލްވާޑޭ އަށް ރެސްޓް ދީފައެވެ.

މެޑްރިޑް އެންމެ ފަހުން ކޯޕާ ކާމިޔާބުކުރީ 2023 ގައެވެ.

ސޮސައިޑެޑްއަށް ބަލާލަައިރު އެޓީމުން އެންމެ ފަހުން ސެމީ ފައިނަލްއެއްގައި ކުޅުނީ 2020 ވަނަ އަހަރުގައި އެ ޓީމުން ތިންވަނަ ފަހަރަށް ކޯޕާ ކާމިޔާބުކުރި ސީސަންގައެވެ. އެ އިރު ސަންޓިއާގޯ ބަރުނަބިއު ސްޓޭޑިއަމްގައި ކުޅުނު ކުއާޓަރ ފައިނަލްގައި މެޑްރިޑް އާ ދެކޮޅަށް ކުޅެ ވަނީ 4-3 އިން މޮޅުވެފައިވެއެވެ.

ނަމަވެސް ބާސްކް ކަންޓްރީގެ މި ކްލަބުން ވަނީ ލަލީގާގައި މެޑްރިޑް އާ ދެކޮޅަށް ކުޅުނު އެންމެ ފަހުގެ ތިން މެޗުން ބަލިވެފައެވެ.

އަންގާރަ ދުވަހު ކުޅުނު ސެމީފައިނަލްގެ ފުރަތަމަ ލެގްގައި ބާސެލޯނާ އާއި އެޓްލެޓިކޯ މެޑްރިޑް ވަނީ 4-4 އިން އެއްވަރުވެފައެވެ. ދެވަނަ ލެގް ކުޅޭނީ އޭޕްރިލް މަހުގައެވެ.

މިހާތަނަށް ކޯޕާގެ ނޮކްއައުޓް ބުރުތައް ކުޅެމުން އައީ ސިންގަލް އެލިމިނޭޝަން މެޗުތަކެއްގެ ގޮތުގައެވެ. ނަމަވެސް މިއަހަރު ވަނީ އެގޮތް ބަދަލުކޮށް ދެ ލެގް ކުޅޭ ގޮތަށް ނިންމާފައެވެ.

ކޮޕާ ޑެލްރޭގެ ފައިނަލް މެޗް ކުޅޭނީ އޭޕްރިލް 26 ގައި ސެވިއްޔާގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު