Saturday, October 31
ހާލަންޑްގެ ލަނޑާއެކު މެންޗެސްޓާ ސިޓީއަށް މޮޅެއް

މެންޗެސްޓަރ ސިޓީން ރޭ ޕްރިމިއަރ ލީގުގައި ޓޮޓެންހެމް ހޮޓްސްޕާސްއާއި ދެކޮޅަށް ކުޅެ، 1-0 އިން މޮޅުވެއްޖެއެވެ.

ސްޕާރސްގެ މި މޮޅާއިއެކު، ސިޓީ ވަނީ ޗެލްސީ އަށް ވުރެ ކުރިއަށް ޖެހިލާ ޕްރިމިއަރ ލީގު ތާވަލުގެ ހަތަރު ވަނައަށް އަރައިފައެވެ.

މެޗުގެ ހަމައެކަނި ލަނޑު 12 ވަނަ މިނެޓުގައި ޖަހާފައިވަނީ އާލިންގ ހާލަންޑް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޖެރެމީ ޑޮކޫގެ ރީތި ކުޅުމަކުން ލިބުނު ފުރުސަތަކުންނެވެ. މި ލަނޑާއެކު 2022 ވަނަ އަހަރު ކްލަބަށް ބަދަލުވި ފަހުން ވިދިވިދިގެން ތިން ސީޒަނުގައި ހާލަންޑް ވަނީ 20 ލަނޑު ޖަހާފައެވެ.

ސްޕާރސްއިން މި މެޗު ފެށީ އެވްރެޖްކޮށް 23 އަހަރުގެ ކުޅުންތެރިން ހިމެނޭ ބެންޗް ޓީމާކާއި އެކުއެވެ. އެންޖެ ޕޮސްޓެކޯގްލޫގެ ޒުވާން ޓީމުން ވަރަށް ރަނގަޅަށް ކުޅެ، ޚާއްސަކޮށް ދެވަނަ ހާފުގައި ގިނަ ހަމަލާތަކެއް ދިނެވެ. ނަމަވެސް މި ހަމަލާތަކުގެ ބޭނުމެއް ނުހިފުނެވެ.

މި މޮޅާއިއެކު ސިޓީއަށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ހޮވުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، ސްޕާރސް މިހާރު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު