Tuesday, October 27
ސިޓީ ބަލިކޮށް، ލިވަޕޫލް ލީގު ތައްޓާއި ގާތަށް!

އިނގިރޭސި ލީގުގައި ރޭ ލިވަޕޫލް އިން މަންޗެސްޓަރ ސިޓީ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ހަމަ ޖެހިލައިފިއެވެ.

ސިޓީ ގެ އިއްތިހާދު ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެއެވެ.

މެޗުގެ ކުރީ ކޮޅު ލިވަޕޫލްގެ ސަލާހް ވަނީ އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދީފައެވެ.މިސްރު ފޯވާޑް މި ގޯލް ޖެހީ މެޗުގެ 14 ވަނަ މިނިޓުގައެވެ.ސިޓީ އެއްވަރު ކުރި ގޯލް އެ ޓީމުގެ މިސްރު ފޯވާޑް އޮމަރް މަރްމޫޝް ޖަހައި ދިން ނަމަވެސް، ގޯލް ޖެހި އިރު އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.ލިވަޕޫލް ގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ ސޮބޮޒްލައި އެވެ.ސަލާހު ތަނަވަސް ކޮށްދިން ފުރުސަތެއްގައި އޭނާ ގޯލް ޖެހީ ފުރަތަމަ ހާފްގެ 37 ވަނަ މިނިޓުގަ އެވެ.މެޗުގައި ލިވަޕޫލްގެ ލުއިސް ޑިޔާޒް އާއި ސިޓީގެ އޮމަރް މަރްމޫޝްގެ ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ.

އަނިޔާގެ ސަބަބުން ސީޒަނުގެ ބޮޑު ބައި ސިޓީ ކުޅެމުން ދަނީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން އާއި ނުލައެވެ.މި ގޮތުން ރޭގެ މެޗުގައި ވެސް އިތުބާރު ފޯވާޑް ހާލަންޑް ފެނިފައެއް ނުވެއެވެ.ހާލަންޑް އަނިޔާގައި ހުރި އިރު ކެވިން ޑި ބްރޫނާ އާއި ރޮޑްރީ ފަދަ ކުޅުންތެރިންވެސް ތިބީ އަނިޔާގައެވެ.

ރޭގެ މޮޅާ އެކު ލިވަޕޫލް އިން ވަނީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓް ގެ ލީޑެއް ނަގާފައެވެ.ދެވަނައިގައި އޮތް އާސެނަލް އަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެން ލިވަޕޫލް އަށް ލިބިފައިވަނީ 64 ޕޮއިންޓް އެވެ.26 މެޗުން 44 ޕޮއިންޓް ހޯދައިގެން ސިޓީ އޮތީ 04 ވަނައިގަ އެެވެ.ސިޓީ އާއި އެއްވަރަށް 44 ޕޮއިންޓް ހޯދައިގެން ނިއުކާސަލް އޮތީ 05 ވަނައިގަ އެވެ.ސިޓީ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު