އިނގިރޭސި ލީގުގައި ރޭ އާސެނަލް، ވެސްޓެމް އާއި ކުޅުނު މެޗުން ބަލިވެ ލީގު ހޯދުމުގެ ރޭހުގައި ފަހަތަށް ސޮއްސާލައިފި އެވެ.
އާސެނަލް އިން ބޯޅަ ހިފަހައްޓައިގެން މުޅި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ 44 ވަނަ މިނިޓުގައި ވެސްޓެމް އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފައެވެ.މި ގޯލް ކާމިޔާބު ކޮށްދިނީ އިނގިރޭސި ފޯވާޑް ޖެރަޑް ބޮވެން އެވެ.އާސެނަލް އިން ގޯލް އެއް ޖެހުމަށް ކުރި މަސައްކަތް ހުއްޓުނީ ދެވަނަ ހާފްގެ 73 ވަނަ މިނިޓުގައި އެ ޓީމުގެ ލުއިސް ސްކަލީ އަށް ރަތް ކާޑު ދެއްކުމުންނެ އެވެ.
ރޭގެ ނަތީޖާ އާއި އެކު އާސެނަލް އޮތީ 53 ޕޮއިންޓް އާއި އެކު ތާވަލުގެ ދެވަނައިގަ އެވެ.އެއްވަނަގައި އޮތް ލިވަޕޫލް އަށް މިރޭ ސިޓީ އާއި އެކު ކުޅޭ މެޗުން މޮޅުވެގެން 11 ޕޮއިންޓަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
އިނގިރޭސި ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު މަންޗެސްޓަރ ޔުނައިޓެޑް އާއި އެވަޓަން ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެއެވެ.
މެޗުގެ ފުރަތަމަ ހާފް ގައި އެވަޓަން އިން 02 ގޯލުގެ ލީޑެއް ނެގިއެވެ.އެ ޓީމުގެ ފުރަތަމަ ގޯލް ޖަަހައި ދިނީ 19 ވަނަ މިނިޓުގައި ބޭޓޯ އެވެ.ދެވަނަ ގޯލް 33 ވަނަ މިނިޓުގައި ޖަހައި ދިނީ އަބްދުއްލާ ޑުކުރޭ އެވެ.މަންޗެސްޓަރ އިން ގޯލްތައް ޖެހީ ފަހު ހާފް ނިމެމުން ދަނިކޮށްނެއެވެ.ފުރަތަމަ ގޯލް 72 ވަނަ މިނިޓުގައި ޖެހީ ބުރުނޯ ފެނަންޑޭޒް އެވެ.އެއްވަރު ކުރި ގޯލް 80 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މަނުއެލް އުގާޓޭ އެވެ.
ރޭގެ ނަތީޖާ އާއި އެކު މަންޗެސްޓަރ ރެލިގޭޝަން ޒޯން އިން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.މި ވަގުތު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނަށްވުރެ ތިން ދަރަޖަ މަތިން 15 ވަނައިގަ އެވެ.
މި ލިޔުން ކިޔާލުމުން