ޗެމްޕިއަންސް ލީގުގައިި ރެޔާލް މެޑްރިޑް އާއި ދެ ކޮޅަށް ކުޅޭ ''މެޑްރިޑް ޑާބީ'' މެޗަށް އޭނާގެ ޓީމު ތައްޔާރަށް އޮތް ކަމަށް އެތްލެޓިކޯގެ ކޯޗު ސިމިއޯނީ ބުނެފިއެވެ.
''އެލް ކްލެސިކޯ'' ނޫނީ ސްޕެއިންގައި ކުޅެވޭ އެންމެ ވާދަވެރި މެޗަކީ ''މެޑްރިޑް ޑާބީ'' އެވެ.މެޑްރިޑް އަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުން އަބަދުވެސް ނިމެނީ ފޯރިގަދަ، ބަލާހިތްވާ ފަދަ ކުޅުމަކަށްފަހު އެެވެ.
ސްޕެއިން ލީގުގައި ވެލެންސިޔާ އާއި ދެ ކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެމުން ސިމިއޯނީ ބުނި ގޮތުގައި އޭނާގެ ޓީމު ކޮންމެ މެޗަކާއި ވެސް ކުރިމަތިލަނީ އެންމެ ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެއެވެ.އެ ވިސްނުމުގައި ވަކި ޑާބީ މެޗް ތަފާތު ނުކުރާނެ ކަމަށައެވެ.
''ކުރިއަށް އޮތީ ވެލެންސިޔާ މެޗް، ޓީމުގެ ހުރިހާ ވިސްނުމެއް ހުރީ އެ މެޗަށް، ޑާބީ މެޗަކީ ވަރަށް ފޯރިގަދަ ވާނެ ކުރިމަތިލުމެއް، ޓީމު އޮތީ ތައްޔާރަށް" ވެލެންސިޔާ މެޗު ކުރިއަށް އޮތުމުން، ޑާބީ އާއި ގުޅޭ ގޮތުން އޭނާ ޖަވާބު ދޭނީ އެންމެ ސުވާލަކަށް ކަމަށް ސިމިއޯނީ ބުންޏެއެވެ.
ސިމިއޯނީ ވަނީ އެތްލެޓިކޯގެ، ސޯޝަލް މީޑިއާ މަސްދަރުތަކުން ރެޔާލް މެޑްރިޑް އިން ރެފްރީން އަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ކުރަމުންދާ މަޖާޒީ ޕޯސްޓްތަކާއި ގުޅޭ ގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުންވެސް ޖަވާބު ދޭން ދެ ކޮޅު ހަދާފައެވެ.
ރެޔާލް މެޑްރިޑް އާއި އެތްލެޓިކޯ އެންމެ ފަހުން ކުޅުނު 03 މެޗު ވެސް ނިމިފައި ވަނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެއެވެ.އެތްލެޓިކޯ އަށް އެންމެ ފަހުން ރެޔާލް ގެ މައްޗަށް ކުރި ހޯދުނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ.ރެޔާލް އެންމެ ފަހުން މޮޅުވެފައި ވަނީވެސް ޖަނަވަރީ 2024 ގަ އެވެ.
ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު ވަނީ ފާއިތުވި އަހަރު ތަކުގައި 04 ފަހަރު ބައްދަލު ކޮށްފައެވެ.2013/2014 ސީޒަނުގެ ފައިނަލުގައި ރެޔާލް ތަށި ހޯދީ އިތުރު ވަގުތުގެ ކުޅުމުގައި 4-1 ގެ ނަތީޖާ އަކުން އެތްލެޓިކޯ ބަލިކޮށްފަ އެވެ.ޖެހިގެން އައި ސީޒަނުގައި ކުއާޓާ ފައިނަލުގައި ރެޔާލް ކުރި ހޯދީ 1-0 ގެ އެގްރިގޭޓް ނަތީޖާ އަކުންނެއެވެ.2015/2016 ސީޒަނުގައި ވެސް ފައިނަލުގައި ކުރި ހޯދީ ރެޔާލް އެވެ.އެ އީ ޕެނެލްޓީގައި 3-1 ލަނޑުން މޮޅުވެގެންނެއެވެ.2016/2017 ސެމީ ފައިނަލް ވެސް ކާމިޔާބު ކުރީ ރެޔާލް އިންނެއެވެ.އެ ކުރިމަތިލުން ރެޔާލް އިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ އެގްރިގެޓް ނަތީޖާ އަކުންނެއެވެ.
ދެވަނަ ބުރުގެ ފުރަތަމަ ލެގް މާޗް 05 ވަނަ ދުވަހު ރެޔާލް ދަނޑުގައި ކުޅޭ އިރު މާޗް 11 ވަނަ ދުވަހު ދެވަނަ ލެގް ކުޅޭނީ އެތްލެޓިކޯ ދަނޑުގައެވެ.
މި ލިޔުން ކިޔާލުމުން