Saturday, October 31
ޗެމްޕިއަންސްލީގުގެ ގަދަ 16ގެ ގުރުއަތުލުން: ރެއާލް އާއި ދެކޮޅަށް ނުކުންނާނީ އެތްލެޓިކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ގުރުއަތުލުމުގައި ޑިފެންޑިންގ ޗެމްޕިއަން ރިއަލް މެޑްރިޑަށް ނުކުންނަން ޖެހުނީ ވާދަވެރި އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.

މިއީ މި މުބާރާތުގެ ގަދަ 16 ގައި މި ދެ ޓީމު ފުރަތަމަ ފަހަރަށް ބައްދަލުވާ މެޗެވެ.

މި އަހަރުގެ ގުރުއަތުލުމުން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް މެޗަކީ ލިވަޕޫލް އާއި ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ) އާ ދެމެދު ކުޅޭ މެޗެވެ. މީގެ އިތުރުން ބާސެލޯނާ ކުޅޭނީ ޕޯޗުގީޒް ކްލަބް ބެންފިކާއާ އެކުގައެވެ. އަދި އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލް ކުޅޭނީ ޕީއެސްވީ އައިންދްހޯވަންއާ އެކުގައެވެ.

އިތުރު މެޗުތަކަށް ބަލާއިރު އިންޓަރ މިލާން ކުޅޭނީ ފެއިނޫޑާ އެކުގައެވެ. ކްލަބް ބްރޫޖް ކުޅޭނީ އެސްޓަން ވިލާއާ އެކުގައެވެ. އަދި ބުރޫޝިއާ ޑޯޓްމަންޑް ކުޅޭނީ ލިލްއާ އެކުގައެވެ. ޖަރުމަނު ބުންޑެސްލީގާގެ ދެ ޓީމު ކަމަށްވާ ބަޔަން މިއުނިކް އާއި ބަޔަރ ލެވަކޫސަން ވަނީ ގުރުއަތުން ދެކޮޅަށް ކުޅެން ޖެހިފައެވެ.

މި މެޗުތަކުގެ ފުރަތަމަ ލެގް ކުޅޭނީ މާރޗް 4-5 ގައެވެ. އަދި ދެވަނަ ލެގް ކުޅޭނީ އޭގެ ހަފްތާއެއް ފަހުންނެވެ. މި އަހަރުގެ މުބާރާތުގައި އައު ފޯމެޓެއް ތަޢާރަފުކޮށްފައިވާއިރު، ގަދަ 16 ގައި އެއް ގައުމެއްގެ ޓީމުތަކަށް ބައްދަލުވެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު