Saturday, October 31
ބާސެލޯނާ މޮޅުވެ ސްޕެނިޝް ލަލީގާގެ އެއްވަނައަށް

ސްޕެނިޝް ލީގު ލަލީގާގައި ރޭ ބާސެލޯނާ، ރާޔޯ ވަޔެކާނޯ އާ ދެކޮޅަށް ކުޅުނު މެޗް 1-0 އިން ކާމިޔާބުކޮށް ލީގު ތާވަލުގެ އެއްވަނައަށް އަރާއިފިއެވެ.

އެސްޓަޑި އޮލިމްޕިކްގައި ކުޅުނު މެޗު ބާސާ ކާމިޔާބު ކުރީ، ރޮބަޓް ލެވަންޑޮވްސްކީއަށް ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ކެޓަލާން ކުލަބަށް މި ފުރުސަތު ލިބުނީ ރެއަލް މެޑްރިޑް އަދި އެޓްލެޓިކޯ މެޑްރިޑް އަށް ޕޮއިންޓް ގެއްލުމާ ގުޅިގެންނެވެ. މިހާރު ބާސެލޯނާ އަދި ރެއަލް މެޑްރިޑް ވަނީ 51 ޕޮއިންޓްގައި، އެޓްލެޓިކޯ އަށްވުރެ އެއް ޕޮއިންޓް ކުރީގައެވެ.

ފުރަތަމަ ހާފުގައި ބާސާގެ ލަނޑު، އަދި މެޗުގައި ހަމައެކަނި ޖެހި ލަނޑު، 27 ވަނަ މިނެޓްގައި ކާމިޔާބުކުރީ، އޭރިއާ ތެރެއިން އިނީގޯ މާޓިނެޒް އަށް ކުރި ފައުލަކަށް، ވީޑިއޯ ރިވިއުއަކަށް ފަހު ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ލެވަންޑޮވްސްކީ ކާމިޔާބު ކުރި އިރު މީ އޭނާ މި ސީސަންގައި ލަލީގާއަށް ޖަހައިދިން 20 ވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ދެ ޓީމަށްވެސް ގޯލު ޖެހުމުގެ ފުރުސަތު ލިބުނެވެ. ކެރިއަރގެ 100 ވަނަ މެޗް ކުޅުނު ލަމިން ޔަމާލްގެ ޝޮޓެއް، ރަޔޯގެ ކީޕަރު އޯގަސްޓޯ ބަޓާއްޔާ ސޭވްކުރިއެވެ. ރަޔޯ ވެސް ލަނޑެއް ޖެހި ނަމަވެސް އެ ލަނޑު އޮފްސައިޑްވެ ބަލައެއް ނުގަނެއެވެ.

މި ބައްޔާއެކު ޑިސެމްބަރ 7 އިން ފެށިގެން ރާޔޯގެ 9 މެޗުން ބަލި ނުވެ އޮތް ސްޓްރީކް ވަނީ ނިމުމަކަށް އައިސްފައެވެ. ލިބުނު 35 ޕޮއިންޓާއި އެކު ރަޔޯ މިހާރު އޮތީ ތާވަލުގެ 6 ވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު