Saturday, October 31
އޭޝިއަން ރައިފަލް ކަޕްގައި ރިހި މެޑަލް ހޯދި އީޝަލް އަށް ސްޕޯޓްސް ކޮމިޝަނަރުގެ ހޫނު މަރުޙަބާއެއް
އޭޝިއާ ބައްރުގެ ޤައުމުތަކުން ވާދަކުރާ އަމާޒަށް ބަޑި ޖެހުމުގެ މުބާރާތް، "އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕް" ގައި ބައިވެރިވެ ރާއްޖެއަށް ފަޚުރުވެރި ރިހި މެޑައްޔައް ހޯދައިދިން މަރިޔަމް އީޝަލް މިސްބާޙާއި ރާއްޖޭގެ ޤައުމީ ޓީމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް މަރުޙަބާ ދަންނަވައިފިއެވެ. މިގޮތުން އީޝަލް އާއި ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ކިޔުމަށް ސްޕޯޓްސް ކޮމިޝަނަރުގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސްޕޯޓްސް ކޮމިޝަނަރު ވަނީ އީޝަލް އާ ބައްދަލުކޮށް، ހިތްވަރު ދެއްވައިފައެވެ. އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި 21 ޝޫޓަރުންގެ މައްޗަށް ކުރި ހޯދައި އީޝަލް ވަނީ ރާއްޖެއަށް ރިހި މެޑައްޔެއް ހޯދައިދީފައެވެ. "އޭޝިއަން ޕިސްޓަލް އެންޑަ ރައިފަލް ކަޕް 2025" ކުރިއަށްދިޔައީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. މި މުބާރާތުގެ ޖޫނިއަރ އުމުރުފުރާގެ އަންހެން ކުޅުންތެރީންގެ ބައިން ރިހިމެޑަލް ހޯދި އުމުރުން 15 އަހަރުގެ މަރިޔަމް އީޝަލް މިޞްބާޙަކީ، މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު