Tuesday, October 27
މަންޗެސްޓަރގެ ހައްގު މަގާމަށް އެމޯރިމް ކްލަބް ގެންގޮސްދޭނެ: ގިގްސް

މި ސީޒަނުގައި މަންޗެސްޓަރ ޔުނައިޓެޑާއި ހަވާލުވި ޕޯޗްގަލް ގެ ކޯޗް ރުބެން އެމޯރިމް އެ ޓީމު ކާމިޔާބީ އާއި ހަމަޔަށް ގެންގޮސް ދޭނެ ކަމަށް ރަޔަން ގިގްސް ބުނެފިއެވެ.

ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމަށް ކުޅުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ފާހަނގަ ކޮށްލެވޭ ގިގްސް ބުނި ގޮތުގައި އެމޯރިމް އަށް ބޭނުން ވަނީ ތިނެއް ނޫނީ ހަތަރު ރަނގަޅު ޓްރާންސްފާ ވިންޑޯ އެވެ.

އެއަށްފަހު އެމޯރިމް އެ ކްލަބްގެ ތާރީހުގަ ހޯދި ކާމިޔާބު ތަކާއި ހަމަޔަށް އެ ޓީމު އަނބުރާ ގެންގޮސް ދޭނެ ކަމާއި މެދު ޝައްކު ނުކުރާ ކަމަށް ގިގްސް ބުންޏެއެވެ.

''ކޮންމެ ކާމިޔާބެއްގެ ފަހަތުގަ ރަނގަޅު ބިންގަލެއް އޮންނަން ވާނެ، ފާއިތުވި ދިހަ އަހަރު ޔުނައިޓެޑްގެ ހާލަތު އޮތީ ބޮއްސުންލާފަ، މި ދިހަ އަހަރު ތެރޭ ޓީމުން މުޅިންވެސް ނިންމީ ގޯސް ނިންމުން ތައް'' ގިގްސް ބުންޏެއެވެ.
ގިގްސް އިތުރަށް ބުނި ގޮތުގައި އޭނާ ސުވާލު އުފެދެނީ ޓީމުން އެމޯރިމް އަށްެ ބޭނުންވާ ވަގުތާއި ބޭނުންވާ ކުޅުންތެރިން ހޯދަ ދޭނެތޯ ކަމަށެއެވެ.

''ޓީމު މި ވަގުތު އޮތީ ވަރަށް ގޯސް ހާލަތެއް ގައި، ލީގު ރޭހަށް ވާދަކުރާ އެހެން ޓީމު ތަކާއި ޔުނައިޓެޑާއި ދޭތެރޭ ވަރަށް ފަރަގު ބޮޑު،ރަނގަޅު ކުޅެންތެރިން ހޯދަ ދެވިއްޖެނަމަ މި ފަރަގު ކުޑަކޮށް ލީގަށް ވާދަކުރާ ވަރަށް އެމޯރިމް މި ޓީމު ގެ ހާލަތު ބަދަލު ކުރާނެ'' ގިގްސް އިތުރަށް ބުންޏެއެވެ.

ވޭލްސް އަށް އުފަން ގިގްސް ވަނީ ޔުނައިޓެޑަށް ކުޅެދިން 963 މެޗުގައި 168 ގޯލް ޖަހާ ދީފަ އެވެ.

ޕޯޗުގަލްގެ ސްޕޯޓިން އިން މި ސީޒަނުގައި ޔުނައިޓެޑާއި ހަވާލުވި ކޯޗު އެމޯރިމް އަށް އެ ޓީމު ކުޅުނު 20 މެޗުގެ ތެރެއިން ކާމިޔާބު ކޮށްދެވިފައިވަނީ 10 މެޗެއެވެ. އަދި 8 މެޗުން ބަލިވި އިރު 2 މެޗު ވަނީ އެއްވަރު ވެފައެވެ.

އެމޯރިމް ވަނީ ސްޕޯޓިން ލިޒްބަން އާއި އެކު ގިނަ ކާމިޔާބު ތަކެއް ހޯދާފަ އެވެ.މީގެ ތެރޭގައި ޕޯޗްގަލް ލީގު 2 ފަހަރު އަދި ޕޯޗުގަލް ކަަޕް 1 ފަހަރު ކާމިޔާބު ކޮށްފަ ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު