Tuesday, October 27
މެސީ '"ސުޕަރ ބޯލް"' އަށް؟

 

މި ސީޒަންގެ އެމެރިކާގެ އެން.އެފް.އެލް ޗެމްޕިއަނުން ކަނޑަ އެޅުމަށް ކުޅޭ '"ސުޕަރ ބޯލް"' މެޗް ބެލުމަށް ހާއްސަ މެހުމާނެއްގެ ގޮތުން އާޖެންޓީނާގެ ތަރި މެސީ ފެނިގެން ދާނެ ކަމަށް އެމެރިކާގެ މަސްދަރު ތަކުން ބުނެފިއެވެ.

އަންނަ އާދީއްތަ ދުވަހު ކުޅޭ މިމެޗްގައި ބައްދަލު ކުރާނީ ފިލަޑެލްފިޔާ އީގަލްސް އާއި، ފާއިތުވި 2 ސީޒަންގެ ޗެމްޕިއަން ކަމަށްވާ ކެންސަަސް ސިޓީ ޗީފްސް އެވެ.
މި މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ވަގުތު ދުނިޔޭގަ ހުރި އެންމެ މޮޅު އެމެރިކަން ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު އިއްތިފާގްވާ ކެންސަަސް ސިޓީ ޗީފްސްގެ ޕެޓްރިކް މަހޯމްސްވަނީ މި މެޗަށް މެސީ އަށް މަރުހަބާ ކިޔާ ކަމަށް ބުނެފައެވެ.

''މެސީ އަކީ ދުނިޔޭގަ އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅެންތެރިޔާ، މި ފަދަ ކުޅުންތެރިޔަކު މެޗް ބެލުމަށް ދަނޑަށް ހާޒިރުވުމަކީ ލިބޭ ފަހުރެއް" މަހޯންސް ބުންޏެއެވެ.

''މީގެ ކުރިން މެސީ ކެންސަސްގައި ކުޅުނު މެޗެއް ބެލިން، އެ މެޗުގައި ވެސް މެސީ ގޯލްތަކެއް ޖަހާ ތަފާތު ދެއްކި އަދި ކުޅޭ ކޮންމެ މެޗެއްގައި ވެސް ތަފާތު ދައްކާ'' މެސީ އަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުން މަހޯންސް ބުންޏެއެވެ.
މީގެ އިތުރަށް މަހޯންސް ބުނީ މެސީ އަކީ އޭނާ ''ރޯލް މޮޑެލް" އެއްގެ ގޮތުގައި ބަލާ މީހެއްކަމަށާއި އޭނާގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން މެސީ ވަރުގެ ކުޅިވަރު ޝަހުސިއްޔަތަކަށްވުން ކަމަށެއެވެ.
ރާއްޖެ ގަޑިން އާދީއްތަ ދުވަހު މެންދަމު 03 ޖަހާއިރު ކުޅޭ ސުޕަރ ބޯލް މެޗަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާ އެއް ކުޅިވަރު ހަރަކާތެއެވެ.

02 ފަހަރު ކޮޕާ އެމެރިކާ، އަދި 01 ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ، ދުނިޔޭގަ މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގްވާ މެސީގެ އިތުރުން ، ޓެއިލާ ސްވިފްޓް ފަދަ މަޝްހޫރު މޫނުތައް މި މެޗުގެ މެހުމާނުންގެ ތެރެއިން ފެންނާނެ ކަމަށް ބެލެވެއެވެ.

މެޗްގެ ހާފް ޓައިމް ޝޯ މިފަހަރު ހުށަހަޅައި ދޭނީ ގްރެމީ ކާމިޔާބު ކުރި ކެންޑިރްކް ލަމަރ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު