Saturday, October 31
ލެވަންޑޯސްކީގެ ލަނޑުން ބާސާއަށް މުހިއްމު މޮޅެއް

ރޭ ލަލީގާގައި ބާސެލޯނާ، ޑެޕޯޓިވޯ އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވެ ބާސާއަށް މިވަނީ ލީގު ތާވަލުގައި ކުރިއަށް ޖެހިލަން ވަރަށް ބޮޑު ފުރުސަތެއް ލިބިފައެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން އެންމެ ފަހުން ކުޅުނު މެޗުން ބަލިވިއިރު، އެ ޓީމު އެއް ވަނައިގައި އޮތީ 22 މެޗުން 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 22 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނައިގައި އޮތް ބާސެލޯނާ އިން މިރޭ ކުޅުނު މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ވަނީ، 22 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ.

މި މެޗުގައި ފެެނުނު ހަމަ އެކަނި ލަނޑު، ދެވަނަ ހާފުގެ 61 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދީފައިވާއިރު، އޭނާ އަކީ މި ސީޒަންގައި އެންމެ ގިނަ ލަނޑު ލަލީގާގައި ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް 18 ލަނޑު ޖަހާފައެވެ.

މި މެޗުގައި ބާސާގެ ޒުވާން ފޯވަޑު ލަމީން ޔަމާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާކަން ވެސް ކާމިޔާބުކުރީ ޔަމާލް އެވެ.

ސްޕެނިޝް ލަލީގާގައި ދެން ބާސާ ނިކުންނާނީ 12 ވަނާގައި އޮތް ސެވިއާއާއި ދެކޮޅަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު