Saturday, October 31
އެމްބާއްޕެގެ ހެޓްރިކަކާއެކު މޮޅުވެ ރެއާލަށް ހަތަރު ޕޮއިންޓުގެ ލީޑެއް

އެމްބާއްޕެގެ ހެޓްރިކަކާ އެކު 3-0 އިން ރެއާލް ވަލަޑޮލިޑް ބަލިކޮށް، ރެއާލް މެޑްރިޑް ސްޕެނިޝް ލަލީގާ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ ކުޅުނު 21 މެޗުން ލިބުނު 49 ޕޮއިންޓާއި އެކުއެވެ. ދެވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑް ވަނީ 21 މެޗުން 45 ޕޮއިންޓު ހޯދާފައެވެ. އަދި ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ލިބުނީ 20 މެޗުން 39 ޕޮއިންޓެވެ.

ރެއާލް ވަލަޑޮލިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި މާ މޮޅު ކުޅުމެއް އެ ޓީމަށް ނުދެއްކުނެވެ. ނަތީޖާ އަކަށްވީ ފުރަތަމަ ހާފުގެ 30 ވަނަ މިނިޓުގައި ލަނޑު ޖަހާ ރެއާލް އިން ލީޑު ނެގުމެވެ.

އަދި ދެވަނަ ހާފުގެ 57 ވަނަ މިނިޓާއި، އިތުރު ވަގުތުގައި ރެއާލް އުން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ތިން ލަނޑުވެސް ޖަހާ އެމްބާއްޕެ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ.

މިހާތަނަށް މި ސީސަންގެ ހުރިހާ މުބާރާތެއްގައި އެމްބާއްޕެ ވަނީ ރެއާލް މެޑްރިޑަށް 21 ލަނޑު ޖަހާދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު