Saturday, October 31
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 6 ބުރީގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 6 ބުރީގެ އައު އިމާރާތް ފަރުމާކުރުމާއި އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ރާނާ ފާރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ އެކްސްގައި ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، މި މަސައްކަތަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޒަމާނީ އައު އޮފީސް އިމާރާތް ނިންމުމަށްޓަކައި ކުރެވެމުންދާ މުހިންމު މަރުހަލާއެއް ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެއްބަސްވި ނަމަވެސް، އިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.

ދައުލަތުގެ ބަޖެޓުން ޖުމުލަ 138.67 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ބިނާކުރާ އިމާރާތަކީ 17,426.40 އަކަފޫޓުގެ ބިމެއްގައި، ޖުމުލަ 77,718.10 އަކަފޫޓުގެ ޖާގަ ހިމެނޭ ގޮތަށް ތަރައްގީކުރާ ތަނެކެވެ. މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ހަ ބުރިއަށް ތަރައްގީކުރާ މި އޮފީސް އިމާރާތަކީ އޮޑިޓް އޮފީހުގެ މުވައްޒަފުން މަސައްކަތް ކުރުމަށް އެކަށީގެންވާ ޒަމާނީ މާހައުލަކާއެކު ފަރުމާކުރެވިފައިވާ ތަނެކެވެ. މިގޮތުން، މުވައްޒަފުންގެ ދަރިން ބަލަހައްޓައިދޭނެ ޚާއްސަ ޑޭކެއަރ ސެންޓަރަކާއި، ވެހިކަލް ޕާކުކުރާނެ ޖާގައާއި، ލައިބްރަރީއެއް މި އިމާރާތުގައި ހިމެނޭނެއެވެ.

މީގެ އިތުރުން މުވައްޒަފުންގެ ތަމްރީނުތަކާއި އެކި ރަސްމީ ހަފުލާތައް ބޭއްވޭ ފަދަ ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މި އިމާރާތުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު