Saturday, October 31
މެންޗެސްޓާ ސީޓީ އަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިޕްސިވިޗް އާއި ދެކޮޅަށް ކުޅުނު މެޗުން 6-0 ގެ ނަތީޖާ އަކުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

މީ ޕްރީމިއަ ލީގުގައި ސިޓީގެ ކުޅުމުގެ ފޯމު ދަށްވެ އެތަށް މެޗަކުން ބަލިވެ ޕޮއިންޓް ގެއްލުނު ފަހުން، މަޑު މަޑުން އެނބުރި އައިސް މޮޅުވަމުން އަންނަ މެޗު ތަކުގެ ތެރެއިން އެންމެ ބޮޑު ނަތީޖާއަކުން މޮޅުވި މެޗެވެ.

އިޕްސިވިޗްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ސިޓީން ތިން ލަނޑުގެ ލީޑަކާއެކު ނިންމާލި އިރު، ދެވަނަ ހާފުގައި ވެސް ސިޓީން ވަނީ ތިން ލަނޑު ޖަހައިދީފައެވެ.

މި ލަނޑުތަށް ސިޓީއަށް ޖަހައިދީފައިވަނީ ފިލް ފޮޑެން، މަޓެއޯ ކޮވަސިޗް ޖެރެމީ ޑޮކޫ، އާލިން ހާލަންޑް، އަދި ޖޭމްސް މެކަޓީ އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފޮޑެން އެވެ.

މި މޮޅާއިއެކު 22 މެޗުން 38 ޕޮއިންޓު ހޯދައިގެން ސިޓީ އޮތީ ޕްރިމިއަ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އިޕްސިވިޗް އޮތީ 16 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މީ ސިޓީގެ އެނބުރި އައުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު