Saturday, October 31
ރެއާލް މެޑްރިޑް މޮޅުވެ ތާވަލުގެ އެއްވަނަ އަށް

ސްޕެނިޝް ސުޕާ ކަޕް ގެއްލުމަށް ފަހު އައިސް ކުޅުނު ލަލީގާގެ ފުރަތަމަ މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ލަސްޕަލްމަސް އާއި ދެކޮޅަށް ކުޅުނު މި މެޗުން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއިއެކު، ކުޅުނު 20 މެޗުން ލިބުނު 46 ޕޮއިންޓާއިއެކު ރެއާލް މިހާރު އޮތީ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް އާއި 2 ޕޮއިންޓުގެ ފަރަގެއްގައި ތާވަލުގެ އެއްވަނައިގައެވެ.

ފުރަތަމަ ހާފު ފެށިގެން އެއް މިނެޓުގެ ތެރޭގައި ލަސްޕަލްމަސް އިން ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި
ލަނޑު ލަސްޕަލްމަސް އަށް ޖަހައިދިނީ ސިލްވާ އެވެ.

އެއަށް ފަހު ލަސްޕަލްމަސް އަށް މާގިނަ ފުރުސަތުތަކެއް ނުދީ ރެއާލް ވަނީ 4 ލަނޑު ޖަހައި މެޗުން މޮޅުވެފައެވެ. މި ލަނޑު ތަށް ރެއާލް އަށް ޖަހައިދިނީ އެމްބާއްޕެ، ޑިއަޒް އަދި ރޮޑްރިގޯއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު