Saturday, October 31
އަރައުހޯގެ ވިސްނުން ހުރީ ބާސާގައި މަޑުކުރަން

ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ވިސްނުން ހުރީ ހަމައެކަނި ބާސެލޯނާ އަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އެ ފަހަރު އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފައެވެ.

ބާސެލޯނާ އާއެކު އަރައުހޯ މިހާރު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

އެހެން ނަމަވެސް، ބާސެލޯނާ އިން އޭގެ ކުރިން އަރައުހޯގެ އެއްބަސްވުން އައު ކުރުމަށް ހުށަހަޅާ، މިއެއްބަސްވުމަށް އަރައުހޯ ދެކޮޅު ހަދާ ބާސާ ދޫކޮށްލަން އުޅޭ ކަހަލަ އަޑުތަކެއްވެސް މި ދޭތެރެއިން ފެތުރުނެވެ.

ނަމަވެސް ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެކަމާއި ބެހޭގޮތުން ބޭއްވި އެންމެ ފަހުގެ ބައްދަލުވުމުގައި ވާހަކަދެއްކި އިރު އަރައުހޯގެ ވިސްނުން ހުރީ ހަމައެކަނި ބާސެލޯނާ އަށެވެ. އެހެން އެއްވެސް ކުލަބަކަށް ބަދަލުވާން އޭނާ ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބާސެލޯނާ އިން އިތުރަށް އެއްބަސްވުން އައު ކުރުމަށް ހުށަހަޅައިފި ނަމަ، އަރައުހޯ އެކަން ގަބޫލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަރައުހޯ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 151 މެޗުން އަށް ލަނޑު ޖަހައިފައެވެ. އެ ޓީމާއެކު އޭނާ ވަނީ ހަތަރު ތަށި ކާމިޔާބު ކޮށްފައެވެ.

އޭގެ ތެރޭގައި ލަލީގާ، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު