Saturday, October 31
މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ލިވަޕޫލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފި ނިންމާލަން ޖެހުނީ ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 52 ވަނަ މިނިޓުގައި ޔުނައިޓެޑުން ލީޑުނެގީ ލިސަންދްރޯ މާޓިނޭޒް ޖެހި ލަނޑުންނެވެ. އޭގެ ހަތް މިނިޓުފަހުން ލިވަޕޫލުން ވަނީ ލަނޑުޖަހާ އެއްވަރުކޮށްފައެވެ. މި ލަނޑު ލިވަޕޫލަށް ޖަހައިދިނީ ކޯޑީ ގަކްޕޯއެވެ.

މެޗުގައި ލިވަޕޫލުން ލީޑުނެގީ 70 ވަނަ މިޓުގައި މުހައްމަދު ސަލާހު ކާމިޔާބުކުރި ޕެނަލްޓީންނެވެ. ނަމަވެސް އެ ލީޑުގައި ލިވަޕޫލަށް ނުހިފެއްޓި އުޅެނިކޮށް ޔުނައިޓެޑުން ލަނޑު ޖަހާ އެއްވަރުކުރި އެވެ.

ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު ޖަހައިިދިނީ އަމަދު ޑިއާލޯއެވެ.

މި ނަތީޖާއާ އެކު، ލިވަޕޫލް މި ވަގުތު ލީގުގެ އެއް ވަަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ، 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ.

އަދި ޔުނައިޓެޑް ލީގުގެ 13 ވަނައިގައި އޮތީ 20 މެޗުން 23 ޕޮއިންޓާ އެކު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު