Saturday, October 31
ހާލަންޑްގެ ދެ ލަނޑާއި އެކު ސިޓީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އާއި ބައްދަލުކޮށް މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

އާލިން ބްރައުޓް ހާލަންޑް 45 އަދި 55 ވަނަ މިނިޓުގައި ސިޓީގެ ދެ ލަނޑު ޖަހައިދިން އިރު، ޓީމުގެ އަނެއް ލަނޑުތައް ޖެހީ ފިލް ފޯޑެންގެ އިތުރުން ވެސްޓް ހޭމްގެ ޑިފެންޑަރު، ވްލަޑިިމިއޭ ސޯފާލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ވެސްޓް ހޭމް އަށް ހަމައެކަނި މެޗުގައި ޖެހުނު ލަނޑު ޖަހައިދިނީ، ޖަރުމަނުގެ މިޑްފީލްޑަރު، ނިކްލަސް ފުލްކްރޫގް އެވެ.

މިއީ، މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން، ސިޓީން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

މި މެޗުން މޮޅުވިއިރު ސިޓީ މިވަނީ، ކުޅުނު 20 މެޗުން 34 ޕޮއިންޓު ލިބި ލީގު ތާވަލުގެ 6 ވަނައަށް އަރާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު