Saturday, October 31
ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް އިން ކާމިޔާބުކޮށްފިއެވެ.

މި އަހަރު ރަނގަޅު މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިއުކާސަލް މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފްގެ 4 ވަނަ މިނިޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޭ އިސްޙާޤު އެވެ.

އޭގެ ކުޑައިރު ކޮޅެއްގެ ތެރޭގައި، މެޗުގެ 19 ވަނަ މިނިޓުގައި ނިއުކާސަލް އަނެއްކާވެސް ލަނޑެއްޖަހައި ލީޑުފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯލިންޓަން އެވެ.

އެއަށް ފަހު ދެ ހާފުގައިވެސް ލަނޑު ޖަހައި ނަތީޖާ ބަދަލުކުރަން މެންޗެސްޓާ ޔުނައިޓެޑް މަސައްކަތް ކޮށް 10 ޝޮޓު ގޯލަށް ހެދިއެވެ. ނަމަވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މި މެޗުން ނިއުކާސަލް މޮޅުވުމާއެކު އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު 19 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައަށް އަރާފަ އެވެ.

އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑް މި މެޗުން ބަލިވުމާއެކު އެ ޓީމު ވަނީ ތާވަލުގެ 14 ވަނައަށް ވެއްޓިފަ އެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު