Saturday, October 31
އާސެނަލް މޮޅުވެ ޕްރިމިއާ ލީގުގެ ދެވަނަ އަށް

އިޕްސިވިޗް ޓައުން އަތުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ އަށް އާސެނަލް އަރައިފި އެވެ.

މި މެޗުން އާސެނަލް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އެވެ.

ދެވަނަ ހާފުގައި ދެ ޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލަނޑުޖަހަން ލިބުނު ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ބްރެންޓްފޯޑްއާ އެވެ.

މި މެޗުގެ ނަތީޖާއާއެކު ލީގު ތާވަލުގެ ދެވަނައިގައި އާސެނަލް އޮތީ 18 މެޗުން 36 ޕޮއިންޓު ހޯދައިގެންނެވެ. އަދި އިޕްސިވިޗް ޓައުން އޮތީ ކުޅުނު 18 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ.

ތިންވަނައިގައި 18 މެޗުން 35 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، މިއަހަރު ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލް އޮތީ ކުޅުނު 17 މެޗުން 42 ޕޮއިންޓާއެކު، ބޮޑު ފަރަގެއްގައި ތާވަލުގެ އެއްވަނައިގައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު