Saturday, October 31
މެންޗެސްޓާ ސިޓީއަށް އެވަޓަންވެސް ބަލި ނުކުރެވުނު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗުންވެސް ސިޓީއަށް މޮޅުނުވެވި އެއްވަރުވެގެން ނިމިއްޖެ އެވެ.

މިމެޗުން ސިޓީ އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ބަނާޑޯ ސިލްވާ ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ.

ނަމަވެސް މެޗުގެ 36 ވަނަ މިނެޓްގައި އިލިމަން އެންޑިއޭ ވަނީ އެވަޓަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެވަނަ ފަހަރަށް ލީޑު ނަގަން ސިޓީ އަށް މެޗުގެ 53 ވަނަ މިނެޓްގައި ޕެނަލްޓީއެއް ވެސް ލިބިފައިވެ އެވެ. ނަމަވެސް ލިބުނު މި ޕެނަލްޓީ އާލިންގް ހާލަންޑަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މި ނަތީޖާއާއެކު ކުޅުނު 17 މެޗުން ލިބުނު 17 ޕޮއިންޓާއިއެކު އެވަޓަން އޮތީ ލީގުގެ 15 ވަނައިގައެވެ. އަދި 18 މެޗުން 28 ޕޮއިންޓު ހޯދައިގެން ސިޓީ އޮތީ ލީގުގެ ހަވަނައިގަ އެވެ. 

މި މެޗުން ސިޓީ އެއްވަރުވިއިރު، އެންމެފަހުން ކުޅުނު 13 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު