Saturday, October 31
އެޓްލެޓިކޯ މެޗު ފަސޭހައެއް ނުވާނެ، ޓީމު އޮތީ ތައްޔާރަށް: ހަންސީ ފްލިކް

ސްޕެނިޝް ލަލީގާގައި މިރޭ އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ، މެޗު ފަސޭހައެއް ނުވާނެ ކަމަށާއި ނަމަވެސް ޓީމު އޮތީ ތައްޔާރަށް ކަމަށް ބުނެފައެވެ.

ފްލިކް މިހެން ބުނީ ނޫސްވެރިންނާއި ވާހަކަދައްކަމުން ރޭ ދިން އިންޓަވިއު ގައެވެ.

ފްލިކް ބުނީ މީ އާއަހަރުގެ ޗުއްޓީއަށް ދިޔުމުގެ ކުރިން މޮޅުވާން ވަރަށް މުހިއްމު މެޗެއް ކަމަށެވެ.

"އަހަރުމެން އަދި މިފަށައި ގަތީ. ޑިސެމްބަރު 20އަށް އާއިރު އަހަރުމެން މިތިބީ ލަލީގާގެ އެއްވަނައިގަ. ޗެންޕިއަންސް ލީގުގެ ދެވަނައިގަ. ނަމަވެސް މި ދިޔަ ދެ މެޗުގަ އަހަރުމެންނަށް ވަރަށް ގިނަ ޕޮއިންޓު ގެއްލިއްޖެ. މީ ލަދުވެތި ކަމެއް." ފްލިކް ބުންޏެވެ.

ފްލިކް ބުނީ، ލާސް ޕަލްމާސް އަދި ލެގަނޭސް މެޗަކީ ބާސެލޯނާއިން މޮޅުވާން ޖެހުނު ދެ މެޗު ކަމަށާއި ނަމަވެސް އެ ދެޓީމުން ބާސެލޯނާއަށް ވުރެ މޮޅަށް ދެއްކި ކުޅުމަށް އޭނާ އިހުތިރާމު ކުރާ ކަމަށެވެ.

އަނެއްކާވެސް މިރޭ މިއޮތީ މޮޅުވާން ވަރަށް މުހިއްމު މެޗެއް ކަމަށާއި، ޓީމަށް އޭނާ އިތުބާރު ކުރާ ކަމަށް ފްލިކް ބުނުޏެވެ.

ފްލިކް ބުނީ މިމެޗުގައި ކުޅެން މި ނުކުންނަނީ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކަމަށާއި، ކުޅުން ރަނގަޅުކޮށް އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މޮޅުވާން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަހަރުމެންގެ މި އޮތީ ވަރަށް ޒުވާން ޓީމެއް، އެކަމަކު މި ސީޒަންގަ އަހަރުމެން އައިސް އޮތް ހިސާބު ގޯހެއް ނޫން." ފްލިކް ބުންޏެވެ.

މިރޭ އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، ކުޅުނު 18 މެޗުން ލިބުނު 38 ޕޮއިންޓާއި އެކު އޮތީ ތާވަލުގެ އެއް ވަނައިގައެވެ، އެޓްލެޓިކޯ އޮތީ 17 މެޗު ކުޅެ ލިބުނު 38 ޕޮއިންޓުން ތާވަލުގެ ދެވަނައިގައެވެ.

އެއްވަނައިގައި ހަމަޖެހިލަން ދެޓީމަށް ވެސް މޮޅުވާން މީ ވަރަށް މުހިއްމު މެޗެކެވެ.

 

 

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު