Saturday, October 31
މެންޗެސްޓާ ޔުނައިޓެޑް ފަހަތުން އަރާ މެންޗެސްޓާ ސިޓީ ބަލިކޮށްފި

ޕްރިމިިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ވަރުގަދަ ޑާރބީ މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ މެންޗެސްޓަރ އަށް ނިސްބަތްވާ މި ދެޓީމުގެ ކުރިމަތިލުންތަކަކީ އަބަދުވެސް ސަޕޯޓަރުންނާއި މީޑިއާގެވެސް ހާއްސަ ސަމާލުކަމެއް ލިބިގެންދާ މެޗެކެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

ދާދި އެއްވަރުގެ މޮޅު ކުޅުމެއް ދެޓީމުންވެސް ދެއްކި މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެންޗެސްޓާ ސިޓީއިންނެވެ. މި ލަނޑު ސިޓީއަށް ޖަހައިދިނީ 36 ވަނަ މިނިޓުގައި ގްވަރޑިއޯލް އެވެ.

މިމެޗުގައި މެންޗެސްޓާ ޔުނައިޓެޑް މެޗުގެ ނަތީޖާ ހަަމަހަމަ ކޮށްފައިވަނީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ މެޗުގެ 88 ވަނަ މިނިޓުގައި ޖަހައިދިނީ ފަރްނާންޑޭސް އެވެ.

އަދި މެޗުގެ 90 ވަނަ މިނިޓުގައި ޑައިލޯ ވަނީ ޔުނައިޓެޑަށް ފަހު ލަނޑު ޖަހައިދީ މެޗު ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިވަގުތު އޮތީ ބާވީސް ޕޮއިންޓާ އެކު ލީގު ތާވަލްގެ ސޯޅަ ވަނަ މަގާމުގައެވެ. ސިޓީއަށް ހަތާވީސް ޕޮއިންޓާ އެކު ލިބެނީ ތާވަލްގެ ފަސް ވަނައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު