Saturday, November 14
ކުޑަހުވަދޫގެ ވޮލީ ދަނޑު ހުޅުވައިފި

ދ. ކުޑަހުވަދޫގައި އަލަށް ހެދި ވޮލީ ކޯޓް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް، އެންޑް ރެކްރިއޭޝަން ޑރ. އަބުދުﷲ ރާފިއު ހުޅުއްވައިދެއްވައިފިއެވެ.

އިއްޔެ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުވުމުގެ ގޮތުން ވަނީ ޚާއްޞަ ވޮލީ މެޗެއް ކުޅެފައެވެ. މި މެޗްގައި ބައްދަލުކުރީ ރިއު މޯލްޑިވްސް އަދި ކުޑަހުވަދޫ ގެ ޓީމެވެ.

މިދިޔަ ހަފްތާގައި ގދ. ފިޔޯރީގައިވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު ވޮލީ ކޯޓް ވަނީ ހުޅުވާފައެވެ. މި ކޯޓް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ފުޓްބޯޅަ ކުޅޭނެ ދަނޑުތައްވެސް މިނިސްޓްރީން ދަނީ ތަރައްޤީކުރަމުންނެވެ.

ސްޕޯޓްސް މިނިސްޓްރީން ވިދާޅުވީ މިދިޔަ އެއް އަހަރަކީ ދިވެހިރާއްޖޭގެ ކުޅިވަރަށް އުފާވެރިކަން ގެނެސްދީ، ރަން އަކުރުން ފަވާލެވުނު އަހަރެއްކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު