އާދިއްތަ, November 1
ބެންޒެމާގެ ލަނޑާއިއެކު ރޮނާލްޑޯގެ އަލް ނަޞްރު ބަލިވެއްޖެ

ސައުދި އަރަބިއްޔާގެ ޕްރޯ ލީގުގައި ރޭ އަލް އިއްތިހާދާއި ދެކޮޅަށް ކުޅުނު މެޗުން ރޮނާލްޑޯގެ އަލް ނަޞްރު ބަލިވެއްޖެ އެވެ.

އަލް އިއްތިހާދުގެ އަމިއްލަ ދަނޑު ކަމުގައިވާ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ދަނޑުގައި ކުޅުނު މި މެޗުން އަލް ނަޞްރު ބަލިވީ 2-1 ގެ ނަތީޖާއަކުން ނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ނުޖެހި ދިޔަ މިމެޗުގެ ލީޑު، ދެވަނަ ހާފުގައި ނަގައިދިނީ ކުރީގެ ރެއާލް މެޑްރިޑް ގެ ތަރި، މިހާރު އަލް އިއްތިހާދުގެ ފޯވާޑު ކަރިމް ބެންޒެމާ އެވެ. މި ލަނޑު ބެންޒެމާ ޖަހައިދިނީ މެޗުގެ 55 ވަނަ މިނިޓުގަ އެވެ.

ނަމަވެސް އޭގެ ދެމިނިޓު ފަހުން އަލް ނަޞްރުން ލަނޑެއް ޖަހާ ވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. މިލަނޑު އަލް ނަޞްރަށް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އަލް އިއްތިހާދު މި މެޗުން މޮޅުވި ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ އެ ޓީމުގެ ސްޓީވަން ބާގްވިޖްން އެވެ.

މި މެޗުން އަލް އިއްތިހާދު މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން 36 ޕޮއިންޓާއެކު ތާވަލުގެ 1 ވަނަ މަގާމު ލިބިފަ އެވެ. ހަތަރުވަނައިގައި އޮތް އަލް ނަސްރަށް ލިބިފައިވަނީ 13 މެޗުން 25 ޕޮއިންޓެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު