Saturday, October 31
ފަހަތުން އަރާ އެޓްލެޓިކޯ މެޑްރިޑް މޮޅުވެއްޖެ

ސްޕެނިޝް ކޮޕާ ޑެލް ރޭ ލީގުގައި ރޭގައި ކުޅުނު މެޗުގައި ސީޕީ ކަސެރެނޯ އަތުން ފަހަތުން އަރާ އެޓްލެޓިކޯ މެޑްރިޑް މޮޅުވެއްޖެ އެވެ.

ސީޕީ ކަސެރެނޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓްލެޓިކޯ މޮޅުވީ 3-1ގެ ނަތީޖާ އަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނު މި މެޗުގައި ލީޑު ނަގާފައިވަނީ ކަސެރެނޯއެވެ. މި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނިޓުގައި ގާސިއާ މެރެންސިއޯ ކާމިޔާބު ކުރި ލަނޑެކެވެ. ގާސިއާ ގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 އިން ކަސެރެނޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އެޓްލެޓިކޯ ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް, ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. މެޗުގެ 80 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަކޮށް އެޓްލެޓިކޯގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެޓީމުގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް އެވެ.

މެޗުގެ 85 ވަނަ މިނިޓުގައި ކަސެރެނޯ ގެ ސަންޗޯ ގޮންޒާލޭޒް އަށް ރަތް ކާޑެއް ދައްކާ، އިތުރު ވަގުތުގެ 2 ވަނަ މިިނިޓުގައި ކަސެރެނޯގެ ޕެރޭޒް ގުއެރާ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

އޭގެ 4 މިނިޓު ފަހުން، ފުރުސަތުގެ ބޭނުން ހިފާ އެޓްލެޓިކޯ އިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުން މޮޅުވެފަ އެވެ. މި ލަނޑު ޖަހައިދިނީ އެޓްލެޓިކޯ ގެ ޒުވާން ފޯވާޑު ޖޫލިއަން އަލްވާރޭޒް އެވެ.

އެޓްލެޓިކޯގެ މި މޮޅާއި އެކު ކަސެރެނޯ މިވަނީ މުބާރާތުން ކަޓާފައެވެ. އަދި އެޓްލެޓިކޯ މެޑްރިޑް މި ވަނީ ލީގުގެ ދެން އޮންނަ ބުރަށް ދަތުރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު