އާދިއްތަ, November 1
ފީފާ ބެސްޓް އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އާންމުކޮށްފި

ފީފާ ބެސްޓް އެވޯޑްސްއަށް ވާދަކުރާ އެންމެ މޮޅު ކުޅުންތެރިންގެ ނަންތައް އާންމުކޮށްފި އެވެ.

މިގޮތުން އެންމެ މޮޅު އަންހެން 16 ކުޅުންތެރިން އަދި ފިރިހެން 11 ކުޅުންތެރިންގެ ނަންތަށް އާންމުކޮށްފައި ވެއެވެ.

އަންހެން ކުޅުންތެރިންގެ ތެރެއިން ލިސްޓުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާލާއިރު މިދިޔަ އަހަރު މި އެވޯޑު ކާމިޔާބުކުރި ބާސެލޯނާއަށް ކުޅޭ އައިޓަނާ ބޮންމަޓީ އަދި 2020 ވަނަ އަހަރުގައި މި އެވޯޑު ކާމިޔާބުކުރި ޗެލްސީގެ ލޫސީ ބްރޯންޒް ހިމެނެއެވެ. އޭގެ އިތުރުން ބާސެލޯނާގެ 6 ކުޅުންތެރިންނާއި، ޕީއެސްޖީގެ ކުޅުންތެރިޔަކާއި އަދި ސިޓީގެ ދެ ކުޅުންތެރިން ހިމެނެ އެވެ.

ފިރިހެން ކުޅުންތެރިންނަށް ބަލާލާއިރު، ޖެހިޖެހިގެން މިދިޔަ ދެ އަހަރު ފީފާގެ ބެސްޓް އެވޯޑްސް ކާމިޔާބުކުރި ލިއޮނަލް މެސީ ހިމެނެއެވެ.

މެސީގެ އިތުރުން ހިމެނެނީ، ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި މެންޗެސްޓާ ސިޓީގެ ރޮޑްރީ، ބާސެލޯނާގެ ލަމިން ޔަމާލް، ރެއާލް މެޑްރިޑްގެ ހަ ކުޅުންތެރިން ކަމަށްވާ، ވިނީޝިއުސް ޖޫނިއާ، ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ، ޓޯނީ ކްރޫސް އަދި ޑެނީ ކާވަހާލް އާއި މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް އަދި ބަޔާންގެ ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް އެވެ.

10 ޑިސެމްބަރު 2024 ވާ އަންގާރަ ދުވަހުގެ 23:59 ގެ ނިޔަލަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ހުރިހާ އެވޯޑަކަށް ވޯޓު ދިނުމުގެ ގަވާއިދު ފީފާވެ ވެބްސައިޓުގައި ލިޔެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު