އާދިއްތަ, November 1
ޕެޕް ގާޑިއޯލާ އިތުރު އެއް އަހަރަށް ސިޓީގައި މަޑުކުރަނީ

މެންޗެސްޓާ ސިޓީގައި އިތުރު އެއް އަހަރަށް މަޑުކުރަން، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އެއްބަސްވެއްޖެ އެވެ.

ސްޕެއިނަށް އުފަން ގާޑިއޯލާ އާއި ސިޓީއާ ދެމެދު މިހާރު ހަދާފައި އޮތް އެއްބަސްވުން ހަމަވާން އޮތީ މި ސީޒަންއަށް ފަހުގަ އެވެ.

2016 ވަނަ އަހަރު ގާޑިއޯލާ ސިޓީއާއި ގުޅުނު ފަހުން ހީވެސް ނުކުރާ ވަރުގެ ކާމިޔާބީތަކެއް ކުލަބަށް ވަނީ ހޯދައިދީފައެވެ. ބާސެލޯނާ އާއި ބެޔާން މިޔުނިކްގެ ކުރީގެ ކޯޗު، ގާޑިއޯލާގެ ބެލުމުގެ ދަށުގައި ސިޓީން ވަނީ ހަތް އަހަރު ތެރޭ ހަ ޕްރިމިއާ ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގެއްވެސް ކާމިޔާބުކޮށްފައެވެ.

މިޑީއާތަކުން ބުނާގޮތުގައި ކޮންޓްރެކްޓް އާ ކުރުމާ މެދު އެ ކްލަބުން ގާޑިއޯލާ އެކު ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދިޔަ އެވެ. އެ މަޝްވަރާތަކުގައި ގާޑިއޯލާ އެއްބަސްވީ، އިތުރު އެއް އަހަރު އެ ޓީމުގައި މަޑު ކުރުމަށެވެ. އޭރުން ސިޓީގައި 10 ސީޒަން އޭނާ ހޭދަކުރާނެ އެވެ.

2020 އަދި 2022 ގައި ވެސް ގާޑިއޯލާގެ ކޮންޓްރެކްޓް އާ ކުރި އެއްބަސްވުމުގައި ސޮއި ކުރީ ނޮވެމްބަރުގަ އެވެ. ކުރިއަށް އޮތް ކޮންޓްރެކްޓްގައި ވެސް މި މަސް ނިމުމުގެ ކުރިން އޭނާ ސޮއި ކުރާނެ ކަމަށް ބެލެވޭކަމަށް މިޑީއާތަކުން ބުނެ އެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު