އާދިއްތަ, November 1
ރޮނާލްޑޯގެ އަމާޒު ބްރެޒިލް ފުޓުބޯޅައިގެ ރައީސް ކަމަށް

ބްރެޒިލް ފުޓްބޯޅައިގެ ލެޖެންޑް، ރޮނާލްޑޯ ނަޒާރިއޯގެ އަމާޒު މިހާރު ހުރީ ބްރެޒިލް ފުޓުބޯޅައިގެ ރައީސް ކަމަށް އަންނަން ކަމަށް އޭނާ ބުނެފިއެވެ.

ރިޕޯރޓް ތަކުން ބުނާ ގޮތުގައި 2025 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޮންނަ، ބްރެޒިލް ފުޓްބޯޅައިގެ ރައީސް ކަމަށް ހޮވާ އިންތިހާބުގައި ބައިވެރިވާން ބްރެޒިލްގެ ލެޖެންޑަރީ ފޯވާޑް ރޮނާލްޑޯ ވަނީ ނިންމާފައި ކަމަށެވެ. އަދި ރޮނާލްޑޯ ބުނެފައިވާ ގޮތުގައި މި އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، އެންމެ ފުރަތަމަ ކަމަކަށް ކުރާނެ ކަމަކީ އާ ކޯޗަކަށް މިހާރުގެ ސިޓީގެ ކޯޗު ގާޑިއޯލާ ހަމަޖެއްސުން ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.

މިވަގުތު ޕެޕް ގާޑިއޯލާ ގުނަމުން އެދަނީ މެންޗެސްޓަރ ސިޓީއާއި ހަދާފައިވާ ކޮންޓްރެކްޓްގެ ފަހު އަހަރުތަކެވެ. 2026 ވަނަ އަހަރު ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު، ރިޕޯރޓް ތަކުން ބުނާގޮތުގައި ގާޑިއޯލާ ދަނީ ކޮންޓްރެކްޓް އާކޮށް ސިޓީގައި މަޑުކުރުމުގެ ވާހަކަތަށް ދައްކަމުން ކަމަށެވެ.

ނަމަވެސް މިމަހުގެ ކުރީކޮޅުން ފަށައިގެން ރޮނާލްޑޯއާއި ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ދަނީ ގާޑިއޯލާ އަށް އެކި ފަހަރު މަތިން ގުޅާ، ގާޑިއޯލާ ގެނައުމުގެ ވާހަކަ ދައްކަމުން ކަމަށް ރިޕޯރޓް ތަކުން ބުނެއެވެ.

ރިޕޯޓްތަކުގައި ވާގޮތުން، ރޮނާލްޑޯއާ ގާތް މީހުން ބުނާ ގޮތުގައި ރޮނާލްޑޯގެ މައިގަނޑު އަމާޒަކީ ބްރެޒިލް އަލުން ދުނިޔޭގެ ފުޓްބޯޅައިގެ އެއްވަނަ މަގާމަށް ގެނެސް ވޯލްޑްކަޕް ކާމިޔާބު ކުރުމެވެ. މި އަމާޒަށް ވާސިލުވުމަށް ރޮނާލްޑޯގެ ޕްލޭންގެ އެންމެ ކުރީގައި ވަނީ ގާޑިއޯލާ ބްރެޒިލްއަށް ގެނައުން ކަމަށް ވެެެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު