ގޭ ތެރެއިން ހިތްގައިމު ވަހެއް ދުވުމަކީ ހަމަ ޔަގީނުން ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. ހާއްސަކޮށް މެހުމާނުންތަކެއް ގެއަށް ޒިޔާރަތްކުރާ އިރު ގޭތެރެއިން ނުބައި ދުވުމަކީ ލަދުވެތި ވެސް ކަމެކެވެ. އެހެންވެ ވަރަށް އާންމުކޮށް ގޭތެރޭގެ ވަސްމީރުކޮށްލަން އެއާ ފްރެޝްނާ ފަދަ ތަކެތި ބޭނުންކުރެ އެވެ.
އެކަމަކު މި ފަހަރު މިއޮތީ އެއާ ފްރެޝްނާގެ ބަދަލުގައި ބޭނުންކޮށްލެވިދާނެ އެހެން އުކުޅެކެވެ. ހަމަ ގައިމު ވެސް ކޮންމެ ގެއެއްގައި ވެސް ލޮނާއި ލުނބޯ ހުންނާނެ އެވެ. މީގެ އިތުރަށް އަންނައުނު ދޮންނަން ބޭނުންކުރާ ސޮފްނާ ނުވަތަ ދިޔާސައިބޯންޏަކީ ހަމަ އާންމުކޮށް ގޭގައި ހުންނާނެ އެއްޗެކެވެ.
އެހެންވެ ލުނބޮ އާއި ލޮނާއި ސޮފްނާ ބޭނުންކޮށްގެން ގޭ ތެރޭގެ ވަސްމީރުކޮށްލެވިދާނެ އެވެ. މިއީ ފަސޭހަ ވެސް ގޮތެކެވެ. ހަދަން ޖެހޭ ގޮތަކީ ފުރަތަމަ ލުނބޯ ހަތަރު ފަޅިއަށްވާ ގޮތަށް ފަޅިކޮށްލާނީ އެވެ. އެކަމަކު ބައިތައް އެއްކޮށް ވަކިނުވާ ގޮތަށެވެ. ދެން ކުޑަ ތައްޓެއްގެ ތެރޭގައި އެ ބާއްވާފައި ލުނބޯގެ ތެރެއަށް ދެތިން ސައިސަމުސަލުގެ ލޮނު އަޅާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ލޮނާ ދާދި އެއް މިންވަރަކަށް ސޮފްނާ ވެސް އަޅާލާށެވެ.
ދެން ސިޓިން ރޫމް ނުވަތަ ގޭގެ ކޮންމެވެސް ތަނެއްގައި ބަހައްޓާށެވެ. ބޭނުން ނަމަ ނުފެންނަ ތަނެއްގައި ވެސް ބެހެއްޓިދާނެ އެވެ. އެކަމަކު ބަހަައްޓަންވާނީ ކުޑަކުދިން އުޅޭ ނަމަ އެ ކުދިންނަަށް އަތްނުލެވޭ ހިސާބެއްގަ އެވެ.
މި ކިޔައިދިން އުކުޅުގެ ހުރި ވަރެއް ބަލާލަން ނިކަން ތަޖުރިބާކޮށްލަބަލާށެވެ. ހަމަ ޔަގީނުން ވެސް ގޭ ތެރޭގެ ވަސް ހިތްގައިމުކޮށްދޭނެ އެވެ. އަދި މީގެ ސަބަބުން ގޭގެ ތެރޭގައި ހުންނަ ސޯފާ އާއި ކުޝަނާއި ބާލީހާއި ބެޓްޝިޑް ފަދަ އެއްޗެހީގައި ވެސް މީރު ވެސް ހިފާނެ އެވެ.
މި ލިޔުން ކިޔާލުމުން