ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ކަނޑުއޮޅިއެވެ. ދުނިޔޭގެ ލިކުއިފައިޑް ނެޗުރަލް ގޭސްގެ 20% އާއި ކަނޑު މަގުން އުފުލާ ތެޔޮ ވިޔަފާރީގެ ބޮޑު އިންސައްތައެއް ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރެއެވެ. އެތައް އަހަރަކުއްސުރެ ގައުމުތަކުގެ ވިޔަފާރީގެ މުހިންމު ދޮރޯއްޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މި ކަނޑުއޮޅި މުޅިން ބަންދުކޮށްފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރައި، ދިވެހިރާއްޖެއަށް ވެސް އޭގެ އަސަރު ކުރާނެއެވެ.
ހޮރުމުޒް ކަނޑުއޮޅިއާ ދިވެހިރާއްޖެ ވަރަށް ދުރުގައި އޮތް ނަމަވެސް، ރާއްޖޭގެ އިގުތިސާދީ ދިރާސާތައް ގުޅިފައިވަނީ ދުނިޔޭގެ ވިޔަފާރީގެ މަގުތަކާއި ހަކަތައިގެ ބާޒާރުތަކާއެވެ. މި ކަނޑުއޮޅި ބަންދުވުމަކީ، ކޮންމެވެސް ވަރަކަށް ނަމަވެސް، ރާއްޖޭގެ އިގުތިސާދަށް ދުރުން ލިބޭ ބިމުހެލިތަކެއް ފަދަ އަސަރެއް ކުރާނެ ކަމެކެވެ.
ދިވެހިރާއްޖެއަކީ ގައުމުން ބޭރުން 100% ތެޔޮ އެތެރެކުރާ ގައުމެކެވެ. މި ކަނޑުއޮޅި ބަންދުވެއްޖެނަމަ ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި، ރާއްޖޭގައި ކަރަންޓާއި ދަތުރުފަތުރުގެ ހަރަދުތަކާއި އެތެރެކުރާ މުދަލުގެ އަގުތައް ވެސް އުފުލިގެން ދާނެއެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ބުރަ ބޮޑުވެ، ހަރަދުތައް އިތުރުވާނެއެވެ.
ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިގުތިސާދުގެ މައިގަނޑު އެއް ބާރެވެ. ތެލުގެ އަގު ބޮޑުވުމަކީ ފްލައިޓް ޓިކެޓުގެ އަގު ބޮޑުވެ، ރިސޯޓުތައް ހިންގުމުގެ ހަރަދު އިތުރުވާނެ ކަމެކެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ނުވަތަ ރިސޯޓުތަކުން އަގުތައް ބޮޑުކުރުމަށް މަޖުބޫރުވެދާނެއެވެ. މިއީ ސީދާ ގޮތުން ދިވެހި އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ.
ދިވެހިރާއްޖެއިން ކާނާއާއި ބޭހާއި ގުޑަން ފަދަ އަސާސީ ބޭނުންތަކަށް ބޭރުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. ޝިޕިންގެ ހަރަދުތައް ބޮޑުވެ، މުދާ އައުމަށް ދިގުދެމިދާނެ ލަސްވުންތަކުގެ ސަބަބުން އަސާސީ ބޭނުންތަކަށް ދަތިވެ، ތަކެތީގެ އަގު ބޮޑުވެގެން ދާނެއެވެ. މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެ، ބައެއް ތަކެތި ހޯދުމަށް ދަތިވާނެއެވެ.
ރާއްޖެއަށް އެންމެ ބޮޑު އަސަރެއް ކުރާނީ ތެލުގެ އަގު މައްޗަށް ދިއުމާއި، ކަނޑު ދަތުރުފަތުރަށް އަންނާނެ ހުރަސްތަކުގެ ސަބަބުންނެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ދަތުރުކުރަނީ ހޮރުމުޒް ކަނޑުއޮޅިންނެވެ. މި ކަނޑުއޮޅި ބަންދުކޮށްފިނަމަ، ދުނިޔޭގެ ތެލުގެ އަގަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. މީގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު މައްޗަށް ގޮސް، އެހެނިހެން މުދަލުގެ އަގުތަކަށްވެސް ބަދަލު އަންނާނެކަމަށް ލަފާކުރެވެއެވެ.
އެހެންކަމުން، މިފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމަށް ތައްޔާރުވެ، އިޤްތިޞާދީ ގޮތުން ބަދަލު ގެނެވޭނެ ދުރުރާސްތާ ޕްލޭންތަކެއް އެކުލަވާލުން މުހިންމެވެ. ބޭކާރުހަރަދުތައް ކުރުމުން ދުރުވެ ރައްކާކުރެވެން އޮތް މިންވަރަކަށް ފަހަށް ރައްކާކުރުމުން އޭގެ ބޭނުން ފަހުން ހިފޭނެކަން ޔަގީނެވެ.ހުރިހާ ދިވެހިން އެއްބައިވެގެން ކޮށްފިނަމަ ކާމިޔާބު ނުކުރެވޭނެ އެއްވެސް ގޮންޖެހުމެއް ނޯންނާނެއެެވެ. އެހެނީ އަޅުގަނޑުމެން ދިވެހިންނަކީ މުސްލިމު އަޚުންނާއި އުޚުތުން ކަމަށްވީތީއެވެ.
މި ލިޔުން ކިޔާލުމުން