ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެ، 104-15 ޕޮއިންޓުން ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގައި ކުޅުނު މެޗުގައި، ފެށުނީއްސުރެ ރާއްޖޭގެ ޓީމުން ވަރުގަދަ ކުޅުމެއް ދައްކައި، ބަނގްލަދޭޝްއަށް އެއްވެސް ފުރުސަތެއް ނުދީ ޖެހިޖެހިގެން ސްކޯކުރިއެވެ. މެޗުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން 54 ޕޮއިންޓް ހޯދިއިރު، ބަނގްލަދޭޝްއަށް ހޯދުނީ އެންމެ 6 ޕޮއިންޓެވެ.
މެޗުގައި ރާއްޖެއަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާގެ ގޮތުގައި މަރިޔަމް ކައިލީން ޝިރުހާން ފާހަގަކުރެވުނެވެ. އޭނާ އެކަނި 26 ޕޮއިންޓް ހޯދައިދިނެވެ. ދެވަނަ ކުއާޓަރގައި ރާއްޖެއިން 53 ޕޮއިންޓް ހޯދިއިރު، ބަނގްލަދޭޝްއަށް ލިބުނީ 6 ޕޮއިންޓެވެ.
ތިންވަނަ ކުއާޓަރގައި ރާއްޖޭގެ ޓީމުން އިތުރަށް ފޯމު ރަނގަޅުކޮށް، 90 ޕޮއިންޓަށް ސްކޯ އިތުރުކުރިއެވެ. މި ކުއާޓަރގައި ބަނގްލަދޭޝްއަށް ލިބުނީ 9 ޕޮއިންޓެވެ. ހަތަރުވަނަ އަދި ފަހު ކުއާޓަރގައިވެސް ރާއްޖޭގެ ޓީމުގެ ފޯމު ދަށްނުވެ، މެޗު ނިމުނުއިރު ސްކޯ ބޯޑުގައި 104-17 ޖެހިފައިވަނިކޮށެވެ.
މި ލިޔުން ކިޔާލުމުން