ފުރަތަމަ ފަހަރަށް ސައުދީ އަރަބިިއްޔާގައި، ދިވެހި ހައްޖުވެރިންނަށް ފަރުވާ ދިނުމަށްޓަކައި ކްލިނިކެއް ގާއިމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވީ ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި، ހައްޖު މޫސުމުގައި ޚާއްސަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ދިވެހި ހައްޖު މިޝަންއަށް ރަސްމީކޮށް ހުއްދަދީފައިވާ ކަމަށެވެ. އެއާއެކު ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމަކާއެކު ކްލިނިކެއް މިހާރު ގާއިމުކޮށްފައި ކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުންވަނީ ދިވެހި... Posted by Mohamed Shaheem Ali Saeed on Thursday, May 22, 2025
ދިވެހި ހާޖީންނަަށް ރަސްމީކޮށް ކްލިނިކް ގާއިމު ކުރެވިފައި ވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އެ ކްލިނިކްގައި ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަަލަކާ ގުޅިގެން ރަސްމީކޮށް ކްލިނިކު ގާއިމުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ލުއި ގޮތްތަކެއް ހޯދައިދީފައެވެ. އެގޮތުން މައްކާ ތޫޓް އިނީޝިއޭޓް ޤާއިމްކޮށް މިމަހު26 ގައި ރާއްޖޭގެ ހައްޖުވެރިން ފުރަން ފަށާނެއެވެ.
މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖަހަންށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެއެވެ. މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެއެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލަށެވެ.
ރާއްޖޭގެ މީހުން ހައްޖަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކޮށް ފަސޭހަކުރުމަކީ ރައީސް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވަމުން ގެންދަވާ ކަމެކެވެ.






