އާދިއްތަ, November 1
އުމުރާއި އެއްވަރަށް ކޮލެސްޓްރޯލްގެ މިންވަރު ހުންނަންވާނީ ކިހާވަރަކަށް؟

މީހާގެ އުމުރާއި، ބަރުދަނާއި، ޖިންސަށް ބަލާފައި ކޮލެސްޓްރޯލްގެ މިންވަރު ތަފާތުވެއެވެ. މި މިންވަރުތައް އާންމުކޮށް އުމުރާއެކު އިތުރުވާއިރު، 20 އަހަރުން މަތީގެ މީހުން ކޮންމެ 5 އަހަރަކުން ކޮލެސްޓްރޯލްގެ މިންވަރު ބަލަން ޖެހެއެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލަފާކުރާ ގޮތުގައި އެމެރިކާގެ ގާތްގަނޑަކަށް 94 މިލިއަން ބޮޑެތި މީހުންގެ ގައިގައި ކޮލެސްޓްރޯލް މިންވަރުމަތިވެއެވެ. މިއީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ރިސްކުތައް ދެނެގަންނަން ރާއްޖޭގައި 2020-2022 އަށް ހެދި ސްޓެޕް ސާވޭ ދައްކާ ގޮތުން ރާއްޖޭގައި 15-65 އަހަރާ ދެމެދުގެ 4.7 ޕަސެންޓް މީހުންނަކީ ހިތުގެ ބައްޔާއި ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނެވެ.

ހިތުގެ ބައްޔާއި ކެންސަރާއި ހަކުރު ބަލި އަދި ފުއްޕާމޭގެ ބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިތުރުވަމުން ދަނީ ކަންބޮޑުވާ މިންވަރަކަށް ކަން އާސަންދައިން މިފަދަ ބަލިތަކަށް ކުރާ ޚަރަދުތަކުން އެނގެއެވެ.

" ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ. އެކަމަކީ، ކޮންމެ ފަރުދެއްގެ ހިސާބުން ފަށަން ޖެހޭ ކަމެއް،" ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އިސްއޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގައި ގައިން ގަޔަށް ނާރާބަލިތައް އިތުރުވުމުގެ އެއް ކަމަކީ ހަރަކާތްތެރިވެ ނޫޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ވަޒީފާގެ ބުރަވެ،  އިށީނދެ ގިނަ ވަގުތު އިނުމުން ބަރުދަން އިތުރުވުމާއި ގައިން ގަޔަށް ނާރާބަލިތައް އިތުރުވަމުން އާދެއެވެ.

މި ލިޔުމުގައި ދިރިއުޅުމުގެ އެކި އުމުރުފުރާގައި ކޮލެސްޓްރޯލް ހުންނަންޖެހޭ އެންމެ ރަނގަޅު މިންވަރާއި އަދި ކޮލެސްޓްރޯލް ދަށްކޮށް، ދުޅަހެޔޮ މިންވަރު ދެމެހެއްޓޭނެ ގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކޮށް ހޭލުންތެރިވުމާއި ގުޅޭގޮތުން ބަލާލާނަމެވެ.

ކޮލެސްޓްރޯލް ހުންނަންވާ މިންވަރު އެއީ މީހާގެ އުމުރާއި އެކު މަތިވާތީ ދިރިއުޅުމުގެ ކުރީކޮޅު ފިޔަވަޅުތަކެއް އަޅައިފިނަމަ ނުރައްކާވާ މިންވަރަށް ކޮލެސްޓްރޯލް އިތުރުވުން ކޮންޓްރޯލް ކުރެވިދާނެއެވެ.

ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ލަފާދޭގޮތުގައި އުމުރުން 20 އަހަރުން މަތިވުމުން ކޮންމެ ފަސްއަހަރުން އެއްފަހަރު ނުވަތަ އެއަށްވުރެ އަވަހަށް މީހާގެ ކޮލެސްޓްރޯލް ޗެކްކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ.

ކުޑަކުދިން ކޮލެސްޓްރޯލް މަތިވުމަކީ ނާދިރު ކަމެކެވެ. އެހެން ނަމަވެސް އަށާރަ އަހަރުވުމުގެ ކުރިން ދެފަހަރު ކޮލެސްޓްރޯލް ޗެކްކޮށްލުން ރަނގަޅެވެ.

އަންހެނުންނަށް ވުރެ ފިރިހެނުން އުމުރުން ދުވަސްވުމުން ކޮލެސްޓްރޯލް އިތުރުވެއެވެ. އެހެން ނަމަވެސް ބައެއް އަންހެނުން އިއްދައިން ކެނޑޭ އުމުރަށް އެރުމުން ކޮލެސްޓްރޯލް އިތުރުވެއެވެ.

ޑޮކްޓަރުން ލަފާދޭ ގޮތުގައި އުމުރުން ދުވަސްވުމުގެ އިތުރުން މީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލާއި، ޞިއްޙީ ގޮތުން ދިމާވާ ކަންތައްތަކާއި ހުރެ ކޮލެސްޓްރޯލް މަތިވެއެވެ.

ޞިއްޙަތު ރަނގަޅު ބޮޑުމީހެއްގެ ކޮލެސްޓްރޯލް ހުންނަން އެންމެ ރަނގަޅު މިންވަރަކީ 200 އެމްޖީ ޕާރ ޑީއެލް އެވެ.

ކޮލެސްޓްރޯލް 239-200 އެމްޖީ ޕާރ ޑީއެލް ނަމަ އެއީ ބޯޑަރލައިންއެވެ.

ކޮލެސްޓްރޯލް 159-160 އެމްޖީ ޕާރ ޑީއެލް  ނަމަ އެއީ މަތިއެވެ. 190 އަށްވުރެ މަތިނަމަ އެއީ ވަރަށް މަތިއެވެ.

ކޮލެސްޓްރޯލް ހުންނަ މީހަކު އައިލާގައި ހުރެއްޖެނަމަވެސް މަތިވުމުގެ ފުރުޞަތު އޮވެއެވެ.

ކޮލެސްޓްރޯލް ދަށް ކުރުމަށް ކުރެވިދާނެ ބައެއް ކަންތައް

މިންހެޔޮ ކުއުމެއް ހިޔާރުކުރުން ( ގިނައިން މޭވާ އަދި ތަރުކާރީ ބޭނުންކުރުން )

ހެލިފެލިވެއުޅުން

ސިނގިރޭޓް ބުއިން ހުއްޓާލުން

ބަރުދަން ހުންނާންވާ މިނުގައި ބެހެއްޓުން

ސްޓްރެސް އާއި ދުރުވުން

މީގެ އިތުރުންވެސް ތިމާ ގެ ބަރުދަން މާބޮޑަށް އިތުރުވެ، އާއިލާގައި ކޮލެސްޓްރޯލް ހުންނަ މީހަކު އަދި ހިތުގެ ބަލި ފަދަ ބައްޔަކަށް ބޭސްކުރާ މީހުން ތިބި ނަމަ ޑޮކްޓަރަށް ދައްކާ އިރޝާދުހޯދުމަކީ މުހިންމު ކަމެކެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކެންސަރު  ބައްޔަކީ ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު ކަމަށެވެ. އަހަރަކު 10 މިލިއަން މީހުން އެ ބަލީގައި މަރުވާއިރު، 40 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރު ބަލި ޖެހޭ މީހުން ކަމަށް އެ ބަޔާނުގައިވެއެވެ.

ހަމަ އެގޮތަށް، ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެ އެވެ. ޑަބްލިއުއެޗްއޯއިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރުގައި މަރުވާ މީހުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު