Saturday, October 31
ޓޫރިޒަމް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޓޫރިޒަމް މިިނިސްޓްރީން މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އޮކްޓޫބަރު 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މުއްދަތު ހަމަވެފައިވާތީ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މި އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަން ހާމަކޮށްފައެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސތު ރާއްޖޭގެ ހުރިހާ ރިސޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުފަހަރާއި ޓްރެވަލް އެޖެންސީތަކަށް ވަނީ ހުޅުވައިލާފައެވެ.

މިނިސްޓްރީން ބުނީ މި އެވޯޑު ދިނުމުގައި ބަލާނީ މިދިޔަ އަހަރުގެ ޖޫންމަހުގެ އެއްވަނަ ދުވަހުން މިދިޔަ މެއިމަހުގެ 31 ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކަށް ކަމަށެވެ.

މި އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ތަންތަނާއި ފަންނުވެރިންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު