Saturday, October 31
ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ފުރަތަމަ އަހަރުގައި ކުރެވުނު މަސައްކަތްތަކާގުޅޭ ފޮތެއް ނެރެފި

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ފުރަތަމަ އަހަރު ކުރެވުނު މަސައްކަތްތައް ހާމަކޮށްދޭ ފޮތެއް ނެރެފިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ފުރަތަމަ އަހަރު ކުރެވުނު މަސައްކަތްތައް ހާމަކޮށްދޭ ފޮތް، "އަހަރީ ދުވެލި 2024" ނެރެދެއްވީ، އެ މިނިސްޓްރީގެ މާލޭ ޕަބްލިކް ވާރކްސް ސައިޓްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އާދަމް ޝަރީފު ޢުމަރެވެ.

މިނިސްޓަރު ވަނީ މި ފޮތް އެކުލަވައިލުމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ލޯކަލް ގަވަރމަންޓް މިނިސްޓްރީއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ފުރަތަމަ ދުވަހު އުފެއްދެވި މިނިސްޓްރީއެކެވެ.

މި މިނިސްޓްރީ އުފައްދަވާފައިވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ަތަަރައްގީ ކުރުމަށެވެ. ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނަޑަައަަޅައި އިދާރީ ދާއިރާތައް ހިންގައި، އެ ދާއިރާތަކުގައި އާންމު މަަސައްކަތުގެ ޚިދުަމަތްދިނުމުގެ ސިޔާސަތުތައް ކަނޑައެޅުމަށެެވެ. އަދި ސަރުކާާރާއި، ކައުންސިލުތަކާ ގުޅިގެން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ރަށްވެހިކަމުގެ ޚިދުމަތް ދިނުމުގައި، އެއްބާރުުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުުމުަގައެެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުން ފާއިތުވެދިޔަ އަހަރު އެ މިނިސްޓްރީން ވަނީ ރައްޔިތުން ބަލައިގަންނަ، ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު