Saturday, October 31
މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ލީޑާރޝިޕް ސެޝަނެއް ކުރިޔަށް ގެންގޮސްފި

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑެންޓް ޔޫނިއަންގެ ދަރިވަރުންނަށް ހާއްސަކޮށްގެން ލީޑަރޝިޕް ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

މި ސެޝަނަކީ ކްރައިމް ޕްރިވެންޝަނާއި މަޖީދިއްޔާ ސްކޫލު ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ސެޝަނެކެވެ.

ދަރިވަރުންގެ މައުލޫމާތުގެ ހަޒާނާ މުއްސަނދި ކުރުމަށާއި އެކިއެކި ކަންކަމަށް ލޯހުޅުވައި ޒިންމާދާރު ކުރުވުމުގެ ގޮތުން މި މަހުގެ 16 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ސެޝަނުގައި ލީޑާޝިޕާއި ގުޅޭގޮތުން މުހިންމު މައިލޫމާތުތަކެއް ވަނީ ދަރިވަރުންނާއި ހިއްސާކޮށްފައެވެ.

އެގޮތުން ލީޑަޝިޕަކީ ކޮބައިކަމާއި ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާއި ލީޑަރެއްގެ ޒިންމާތަކާއި ކޮލިޓީ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތުގެ މައުލޫމާތު ވަނީ ދަރިވަރުންނާއި ހިއްސާކޮށްފައެވެ. އަދި މީގެ އިތުރުން ސްކޫލުން ބޭރުގައި ލީޑަރެއްގެ ޒިންމާ އަދާކުރުމަށް ކުރެވިދާނެ ކަންކަމާއި ދަރިވަރުން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

އަދި ހުރިހާ ދަރިވަރުންވެސް އެއްބައިވަންތަކަން އިސްކުރުމަށާއި ތައުލީމު އުނގެނުމުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެ އެކުވެރިކަން އާލާކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

މި ސެޝަނުގައި އެ ސްކޫލުގެ 34 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެއީ 16 ފިރިހެން ދަރިވަރުންނާއި 18 އަންހެން ދަރިވަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު