ދިވެހި ރާއްޖޭގެ ހަކަތައިގެ މަގުޗާޓު ތަޢާރަފްކޮށްފިއެވެ.
މިގޮތުން މިހާރު ކުރިއަށްދާ ކޮޕް29ގެ ދިވެހިރާއްޖޭގެ ސައިޑް އިވެންޓުގައި މި މަގުޗާޓު އިފްތިތާޙްކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، ތާރިޤް އިބްރާހީމެވެ.
މި މަގުޗާޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކުރާނެ މަސައްކަތްތަކުގެ ތަފްޞީލު ހިމެނިފައިވެއެވެ.
ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވީ މި މަގުޗާޓަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި ލަނޑުދަނޑި ހާސިލްކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ކޮޕް29 ގައި ބޭއްވި މި ޚާއްޞަ އިވެންޓްގައި ރާއްޖޭގެ އެކި ދާއިރާތަކުގެ ބައިވެރިންގެ އިތުރުން ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ މަންދޫބުން ވެސް ވަނީ ބައިވެރިވެފައެވެ. މި މަގުޗާޓު ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން