Saturday, October 31
ހުޅުމާލޭގެ އެޕާޓްމަންޓަކަށް ވަދެ، މުދަލަށް ގެއްލުން ދިން މައްސަލައެއް ބަލަނީ

ހުޅުމާލޭގެ އެޕާޓްމަންޓަކަށް ބަޔަކު ވަދެ، މުދަލަށް ގެއްލުން ދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިކަން ހާމަކުރީ މެންދުރުފަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.

އެ މެސެޖުގައި ބުނެފައިވަނީ މިއަދު ހެނދުނު 6:32 ހާއިރު ހުޅުމާލެ ވަން އެވެނިއު އެޕާޓްމަންޓަކަށް ވަދެ، މުދަލަށް ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި ހާދިސާގެ ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ވަން އެވެނިއު އެޕާޓްމަންޓަށް ވަދެ، މުދަލަށް ގެއްލުންދިން ކަމަށް ތުހުމަތުކުރެވެނީ ދިވެހި އަންހެނަކާއި ފިރިހެނެއްގެ މައްޗަށެވެ. އެ ދެ މީހުން އެ އެޕާޓްމަންޓަށް ވަދެ، އެ ގޭގެ މީހުންނަށް މަރުގެ އިންޒާރު ދީފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު