Saturday, October 31
ޑޮލަރުގެ ކަޅު ބާޒާރުގެ ނިވާފަތްގަނޑުގައި ތިބި މަހުޖަނުން ތިލަވެއްޖެ: ރުކުމާ

ޑޮލަރުގެ ކަޅު ބާޒާރުގެ ނިވާފަތްގަނޑުގައި ތިބި މަހުޖަނުން ތިލަވެއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރ މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ކަންވެސް ކުރަށްވާފައިވާ ރުކުމާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރުގެ ނިވާފަތްގަނޑުގައި ތިބި މަހުޖަނުން ތިލަވެއްޖެ ކަމަށެވެ. އަދި ސިޔާސީ މައިދާނަށް ލޯހުޅުވުނު ފަހުން ތަކުރާރުކޮށް އިވޭ އަޑަކީ ދިވެހި ރާއްޖެއަށް ވަންނަ ޑޮލަރަށް ވަނީ  ކިހިނެއްތޯ އެކި ފަރާތްތަކުން ސުވާލުކުރާ އަޑު ކަމަށެވެ. އަދި އެ ސުވާލަށް މިއަދު ޖަވާބު ލިބިއްޖެ ކަމަށެވެ.

”ޑޮލަރުގެ ޒަމާންވީ މައްސަލަ ހައްލުވާނެ ގޮތްގޮތް ކިޔާނުދޭ ސިޔާސީ މީހެއް މަދު. މިއަދު އެހުރިހާ ޚިޔާލެއް ކެންސަލްވީތޯ؟“ ރުކުމާ ވަނީ ސުވާލު ކުރައްވާފަ އެވެ.

ދިވެހި ރައްޔިތުންގެ ހައްގުގައި ބެންކް މެދުވެރިކޮށް ޑޮލަރުގެ ބައިކުޅަބައި މާރުކޮށްލަން ސަރުކާރުން އެދުމުން ރިސޯޓް ފަހަރުގެ ވެރިން ދެބަސްވުމަކީ މިކަމުގައި ބަލައިގަންނަންދަތި މިސާލެއް ކަމަށް ރުކުމާ ވިދާޅުވެފައި ވެއެވެ.

ރުކުމާ މިހެން ވިދާޅުވެފައިވާއިރު ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން  އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލުގެ ދަށުން އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓްތަކަކުން އެކަމަށް ރަޖިސްޓްރީ ވެފައިވާ ކަމަށް އެމްއެމްއޭ އިން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު