އާދިއްތަ, November 1
ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގައި އެމްއެންޑީއެފް އިން ބައިވެރިވެއްޖެ

ހުޅުމާލެ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް މިއަދު ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެމްއެންޑީއެފް އިން ބައިވެރިވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފް އިން ބުނެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް މިއަދު ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުލެ ޕޯސްޓުގެ ސިފައިން ބައިވެރިވެފައިވާ ކަމެވެ.

ހުޅުމާލޭ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުލެ ޕޯސްޓުގެ ސިފައިންގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ ޕޮލިސް، އެމްޓީސީސީ، ވެމްކޯ، އެޗްޕީއޭ، އެސްޓީއޯ އަދި ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފުން ހިމެނޭހެން 100 އަށް ވުރެ މުވައްޒަފުން ބައިވެރިވިއެވެ.

ދުޅަހެޔޮ ދިރިއުޅުމަކަށް މަގުދައްކައިދީ އަހުލުވެރިކުރުވުމަށް، ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ޓީމް ބިލްޑިންގއާ ގުޅޭ ގިނަ ކުޅިވަރުތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު