އާދިއްތަ, November 1
ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ ރެސްޓޯރެންޓް ޢިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުން ނިމިއްޖެ

ބ. ތުޅާދޫގައި ތަރައްޤީކުރަމުން އަންނަ ކަލްޗަރަލް ސެންޓަރުގެ ރެސްޓޯރެންޓް ޢިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ދެ ބުރީގެ މި ސެންޓަރުގެ މައި ޢިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން، އެކޮމޮޑޭޝަން ބްލޮކްގެ ސްލެބް ކާސްޓިންގ މަސައްކަތް ވެސް މިހާރު ވަނީ ފެށިފައެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުންނެވެ. ޖުމްލަ 24.4 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ސަގާފީ މަރުކަޒުގެ މަސައްކަތް ފުރިހަމަވުމާއެކު، ލިޔެލާޖެހުމާއި ތަފާތު އަތްތެރި މަސައްކަތްތަކުގެ އިތުރުން ވިޔުމާއި ވަޑާމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްތައް އެ ތަނުގައި ހިންގޭނެއެވެ. އަދި މި މަރުކަޒުގައި ކެފޭއެއްގެ ޚިދުމަތާއި އަރާމުކޮށްލެވޭނެ ސަރަޙައްދެއް ވެސް ހިމެނޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގައި ފަންނީ އިޤްތިޞާދެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ސަގާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު