އާދިއްތަ, November 1
ސަމާގެ"ހިތުން ހިތަށް" އެންޖީއޯގެ ފަރާތުން ނުވަ މަހުގެ ތުއްތު ބަލި ކުއްޖަކަށް ލައްކައެއްހާ ރުފިޔާ

ސަމާގެ"ހިތުން ހިތަށް" އެންޖީއޯ ގެ ފަރާތުން ނުވަ މަހުގެ ތުއްތު ބަލި ކުއްޖަކަށް ލައްކައެއްހާ ރުފިޔާ ހޯދައިދީފި އެވެ.

"ހިތުން ހިތަށް"ނަމުގައި ކޮންމެ މަހަކުވެސް ބާއްވަމުން ގެންދާ ފަންޑްރައިޒިންގް އިވެންޓްތަކެއް ޓިކްޓޮކްގައި ކުރިއަށްގެންދާ ސަމާ އަދި ސަމާގެ ޓީމުން މި ނޮވެމްބަރު މަހު ޚިޔާރުކުރީ ދުވަސް ނުފުރާ ވިހާފައިވާ 8 މަހުގެ ތުއްތު އަނާޔާ އަށް އެހީތެރި ވުމަށެވެ.

ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އަނާޔާ އަށް ވަނީ ގިނަގުނަ އުނދަގޫތަކާއި ކުރިމަތިވެ ގާތުން ބޯން ވެސް ނުކުޅެދިފައެވެ. ކުޑަކުޑަ ކިރު ފޮދެއްވެސް އަނާޔާއަށް ބޮވެނީ ނޭފަތާއި އަނގަޔަށް ގުޅާފައިވާ ހޮޅިއެއްގެ ޒަރީޔާއިންނެވެ. ވީމާ މި ހުރިހާ ކަމަކަށް ފަރުވާހޯދުމަށް ބޭރަށް ފުރުމަށް އަނާޔާ އާއި އަނާޔާގެ އާއިލާއިން ތިބީ ނުހަނު ބޭނުން ވެފައެވެ.

ސަމާގެ"ހިތުން ހިތަށް" ފަންޑްރައިޒިންގް އިވެންޓްގައި ރޭ އަނާޔާ އަށް އެހީތެރިވެ، ވަނީ 86830.81 ރުފިޔާ އާއި 501.67 ޑޮލަރު ހޯދައިދީފައެވެ.

އާސަންދައިން އެހީ ލިބުނު ކަމުގައި ވިޔަސް ބޭރަށް ގޮސް އިތުރު ހަރަދުތަށް ކުރުމުގައި ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެތީ އިތުރު އެހީތެރި ކަމަކަށް އާއިލާއިން ތިބީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. އަދި ސަމާ އާއި ސަމާގެ ޓީމުން މިވެދިން އެހީތެރި ކަމަށް އާއިލާއިން ހިތުގެ އެންމެ ފުންމިނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސަމާގެ"ހިތުން ހިތަށް" ފަންޑްރައިޒިންގް ގެ ފަރާތުން އެތަށް ބަޔަކަށް މިހާރުވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މިއަހަރުު މިހާތަނަށް މިލިއަން އަކާއި ގާތްކުރާ ވަރަށް އެކި ފަރާތްތަކަށް ސަމާގެ"ހިތުން ހިތަށް"ފަރާތުން ވަނީ އެހީތެރިވެ ދީފަ އެވެ.

މިކަމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ތާއީދު ސަމާއަށް ލިބި އެކުރާ މަސައްކަތަށް އޭނައަށް ތައުރީފު ވެސް ލިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު