Saturday, October 31
ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރި ފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް އެނގިފައި ނުވާތީ އެތަކެތީގެ ވެރި ފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ތަކެއްޗަކީ އާންމުން ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވޭ ބައެއް މީހުން ހުއްޓުވައި ސުވާލު ކުރުމުން ވެރިފަރާތް ބުނެދެވިފައިނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

މި ތަކެތީގެ ތެރޭގައި ހިމެނެނީ ނޮވެމަބަރ 07 ވަނަ ދުވަހު އިސްކަންދަރު ކޮށި ކައިރިން އާންމުންގެ މީހަކު ހޮވައިގެން މާފަންނު ޕޮލިހަށް ގެނެސްފައިވާ 50 ރުފިޔާ އާއި މިދިޔަ ހުކުރު ދުވަހު ޝަހީދު ކުޑަނެވިތުއްތު ހިންގުމުން ހުއްޓުވި މީހެއްގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ރެޑްބުލް ކޭހެއްގެ އިތުރުން ހަމަ އެދުވަހު މ.ތަރިވިލާގޭ ކައިރިން ހުއްޓުވި މީހެއްގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ މޯބައިލް ފޯނު ޓެމްޕަޑް ގްލާސްތަކަކާއި މޯބައިލް ފޯނުގެ ޑިސްޕްލޭއަކާއި ފޯނު ކަވަރެއްގެ އިތުރުން ލެޕްޓޮޕެއްގެ މަދަބޯޑެކެވެ.

އަދި މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު މާފަންނު ސަހަރާ ކައިރިޔަށް ޓެކްސީއަކުން ފައިބައިފައިވާ މީހެއް ހަނދާން ނެތިގެން ޓެކްސީގައި ބާއްވާފައި އޮތް ދަބަހެއް ހިމެނެއެވެ.

މި ތަކެތީގެ ވެރިފަރާތުން ވީ އެންމެ އަވަހަކަށް 9631696 އަށް ގުޅުއްވުމަށާއި ތަކެތީގެ ވެރިފަރާތުން ތަކެއްޗާއި ހަވާލުވުމަށް ކާކުކަން އެނގޭނެ ލިޔުމެއް ހިފައިގެން ގަލޮޅު ޕޮލިސްޓޭޝަނަށް ދުރުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު