އާދިއްތަ, November 1
ލޯބިވެރިޔާއަށް ބްލެކް މެއިލްކޮށް ބިރުދެއްކި ފުލުހަކު ހައްޔަރުކޮށްފި

އއ. މަތިވެރީގައި ލޯބިވެރިޔާ އަށް ބިރުދައްކައި ބްލެކް މެއިލްކުރި މައްސަލައެއްގައި ދިވެހި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލާ ގައި ހައްޔަރުކުރީ މަތިވެރި ޕޮލިސްޓޭޝަން ގައި މަސައްކަތްކުރާ އެ ރަށު ފަޒާ، ޒައިދާން މުހައްމަދު (19) އެވެ.

ފުލުހުން ބުނިގޮތުގައި ޒައިދާން އަކީ ރޭކްރޫޓް ޕޮލިހެކެވެ.

ޒައިދާން ހައްޔަރުކުރީ ނުވެމްބަރު 13 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ލޯބިވެރިޔާ އަށް ބިރު ދައްކައި، ލޯބިވެރިޔާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މިޑީއާގައި ލީކު ކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގަ އެވެ.

އަދި ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު