އާދިއްތަ, November 1
ޑޮލަރު މާރުކުރަން 173 ރިސޯޓަކުން ވަނީ ރަޖިސްޓާކޮށްފަ: އެމްއެމްއޭ

ބޭރުގެ ފައިސާގެ މައްސަލަ ހައްލުކުރުމަށް އެމްއެމްއޭ އިން އަލަށް އެކުލަވާލި ގަވައިދުގެ ދަށުން 173 ރިސޯޓެއް ވަނީ ރަޖިސްޓާ ކޮށްފަ ކަމަށް އެ އިދާރާއިން ރޭ ބުނެފި އެވެ.

އެ އިދާރާއިން ރޭ ބުނި ގޮތުގައި، ރާއްޖޭގައި މިހާރު ފަތުރުވެރިކަމުގެ ހިދުމަތް ދޭ 174 ރިސޯޓުގެ ތެރެއިން 173 ރިސޯޓެއް އެވަނީ އާ ގަވައިދުގެ ދަށުން ރަޖިސްޓްރީވެފަ އެވެ. އެހެންކަމުން ރަޖިސްޓާ ނުކޮށް އޮތީ އެންމެ ރިސޯޓެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، މިފަދަ ކަންކަމަކީ ރާއްޖޭގެ ބޭރު ފައިސާގެ މާކެޓް އިތުރަށް ފުޅާކޮށް، ބޭރުގެ ފައިސާ މާރުކުރުމުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަންތައްތަކެވެ. އެހެންކަމުން، އެކަންތައްތަކަށް އެއްބާރުލުން ދިނުމަށް އެދިފައިވެ އެވެ.

އެއް ރިސޯޓު ފިޔަވައި ހުރިހާ ރިސޯޓެއް އާ ގަވައިދުގެ ދަށުން ރަޖިސްޓްރީވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނިއިރު، އެމްއެމްއޭގެ އާ ގަވައިދުތަކާ އެއްގޮތަށް ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް، އެ ގަވައިދު އުވާލަން ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިތަކުން އިއްޔެ އެ އިދާރާގައި ވަނީ އެދިފަ އެވެ.

އާ ގަވާއިދު ތަންފީޒުކުރަން ފެށުމުން މިހާރު ހުރި ޑޮލަރު ރޭޓު މަޑުމަޑުން ދަށްވާން ފަށާނެ ކަމަށް އެމްއެމްއޭ ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު