Saturday, October 31
ވޯޓަރ ބަންކަރިންގ ޚިދުމަތަށް އެމް.ޕީ.އެލްއިން ހެދި ފެން ބާޖް ތިލަފުށި ޑޮކްޔާޑުން ބާލަައިފި

ވޯޓަރ ބަންކަރިންގ ޚިދުމަތަށް އެމް.ޕީ.އެލްއިން ހެދި ފެން ބާޖް ވަނީ މިއަދު ތިލަފުށި ޑޮކްޔާޑުން ބާލަައިފައެވެ.

ޖުމްލަ 150 ޓަނުގެ ފެން ރައްކާކުރެވޭ މި ފެން ބާޖް ބޭނުންކުރާނީ އުތުރުގައި ވޯޓަރ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

މި ކަމާއި ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ، ބަންކަރިންގްގެ މަސައްކަތް އެމްޕީއެލްއިން އޮފް-ޝޯކޮށް ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގައި ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ދިރުން ގެނެސްދޭނެ މަސައްކަތްތަކެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.

މީގެއިތުރުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ މިވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހު އެ ކުންފުނިން މި ޚިދުމަތް ދެމުން ދިޔައިރު، ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނީ އެ ކުންފުނީގެ ލޭންޑިންގްކްރާފްޓެއްގައި ޕްލާސްޓިކު ހަން ބަހައްޓައިގެން ކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް މި ޚިދުމަތަށް ބޭނުންވާ މި ޒަމާނާއި ގުޅޭގޮތަށް ފެން ބާޖެއް ތައްޔާރު ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ކުރަމުން ދިޔަ ކަމަށާއި އެމަސައްކަތް ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ތެރޭގައި މިވަނީ ނިންމާލެވިފައި ކަމަށް ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

އަދި އެމް.ޕީ.އެލްއިން ބުނި ގޮތުގައި މިއީ އުތުރުގައި މި ކުންފުނިން ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު