އާދިއްތަ, November 1
މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރަން ސަރުކާރުން ޓީއެންސީއާއެކު ސޮއިކޮށްފި

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއެކު އިޤުތިޞާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް، ދިވެހި ސަރުކާރާއި ދަ ނޭޗަރ ކޮންސަރވަންސީ (ޓީ.އެން.ސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މިފަހުމާނުގައި ސޮއިކުރީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ކުރިއަށްދާ 2024 ވަނަ އަހަރުގެ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް (ކޮޕް29) ގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މާލީ ވަޒީރު މޫސާ ޒަަމީރު އާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ތާރިގު އިބުރާހިމްގެ އިތުރުން ޓީއެންސީގެ ގްލޯބަލް ޑިރެކްޓރ މިސް މެލިސާ ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ޓީ.އެން.ސީ އާއި އެކު ގާއިމުކުރާ ޕާރޓްނަރޝިޕަކީ ދެމެހެއްޓެނެވި އަދި ފާގަތި މުސްތަގުބަލަކާ ދިމާއަށް އެޅޭ ފިޔަވަޅެއްކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވި ގޮތުގައި ގުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުންހުރި ހައްލުތަކަށް ދެމެހެއްޓެނެވި ފައިނޭންސިންގ ހޯދުމަކީ އަޅުގަނޑުމެންގެ ކުރިއެރުމަށް ވަަރަށް މުހިއްމުކަމެކެވެ.

ޕާޓްނާޝިޕް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ އަލީގައި ރާއްޖޭގެ މެދުރާސްތާ މެކްރޯފިސްކަލް ސްޓެބިލިޓީ އާއި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އިތުުރު ބާރެއް ލިިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ދަ ނޭޗާ ކޮންސަވަންސީއަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސް ދައުރެއް އަދާކުރާ ޖަމިއްޔާއެކެވެ. އަދި މި ޖަމިއްޔާއިން 70 އަށް ވުރެ ގިނަ ގަުމުތަކުގައި މަސައްކަތް ކުރަމުން ދަނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި ރަށްރަށުގެ އިގުތިސޯދު ކުރިއެރުވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރު ކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު