އާދިއްތަ, November 1
މުޅި ރާއްޖެ ހިމެނޭ ގޮތަށް ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި

މުޅި ރާއްޖެ ހިމެނޭ ގޮތަށް ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު 16:00 އިން 18:00 އަށެވެ.

މި ހަރަކާތަކީ އަމާން މުޖުތަމައެއް ގާއިމުކުރުމަށާއި، ރައްޔިތުންނާ ގުޅުން ބަދަހިކުރުމާއި، އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމާއި، ފުލުހުންގެ ވިޒިބިލިޓީ އިތުރުކުރުމާއި، އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރުމާއި، ކުށްތަކުން ރައްކާތެރިކުރުވުމަށް ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތުދިނުމާއި، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދިނުމާ އަދި ކުށްތައް ހިނގާ ސަރަހައްދުތައް ދެނެގަނެ ކުށްމަދު ކުރުމަށް ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މުޅި ރާއްޖެ ހިމެނޭގޮތަށް، ފުލުހުން ގާއިމުވެފައިވާ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި އެހެނިހެން ރޭންކުތަކުގެ ފުލުހުންނާއި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓު އަދި ޕޮލިސް ޑެސްކުތަކުގައި މަސައްކަތްކުރާ ފުލުހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ.

އަދި މި ހަރަކާތުއި، ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަޑުއަހާފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކާއި އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު