Saturday, October 31
މިހާރުވެސް މިނިވަންކަމާއެކު ރާއްޖޭގައި މީޑިއާތައް އެބަ ހިންގާ: އަޒާން

އެއްވެސް ނުފޫޒެއްނެތި، މިހާރުވެސް މިނިވަންކަމާއެކު ރާއްޖޭގައި މީޑިއާތައް އެބަ ހިންގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިވަގުތު މީޑިއާއާއި ނޫސްވެރިކަން ރެގިއުލޭޓްކުރަމުން އަންނަ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އުވާލައި، ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް ލިބޭ ގޮތަށް ކޮމިޝަނެއް އުފައްދަން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއިން މައުލޫމާތު ދިން ގޮތުގައި މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު ޢަބްދުލްހަންނާނު އަބޫބަކުރެވެ.

އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.

މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެ މީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ. ރައީސްގެ ޕޯސްޓުގައިވެއެވެ.

ރައީސްގެ ޕޯސްޓާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި މެންބަރު އަޒާން ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މީޑިއާތައް ކޮންޓްރޯލެއް ނުކުރާނެ ކަމަށެވެ. އަދި މިހާރުވެސް މިނިވަންކަމާއެކު ރާއްޖޭގައި މީޑިއާތައް އެބަ ހިންގާ ކަމަށް އަޒާން ވިދާޅުވިއެވެ.

މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން ނޫސްވެެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އަޒާން އިތުރަށް ވިދާޅުވީ ރައީސް އޮފީހުން އަންގާ ގޮތަށް މީޑިއާތައް ހިންގީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު